ދުނިޔެ

އަލްބޭނިއާގައި ދަރިވަރުން ކުރި މުޒާހަރާ ހޫނުވެ، ފުލުހުންނާ ކުރިމަތިލައިފި

އަލްބޭނިއާގައި ދަރިވަރުން ކުރި މުޒާހަރާ ހޫނުވެ، ފުލުހުންނާ ކުރިމަތިލައިފި

ދަރިިވަރުންނާއި ފުލުހުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އަލިފާން ރޯވި ސަރަހައްދެއް. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޮކްޓޯބަރު 2026، 02:17

14 އޮކްޓޯބަރު 2026، 02:17

އަލްބޭނިއާގެ ވެރިރަށް ޓިރާނާގައި ތަޢުލީމީ އަދި އިޖުތިމާޢީ މައްސަލަތަކާ ގުޅިގެން ދަރިވަރުން ކުރިއަށްގެންދިޔަ މުޒާހަރާއެއް ހޫނުވެ، ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެވެ. މި ހަމަނުޖެހުމުގައި މުޒާހަރާގެ ބައިވެރިން އެ ގައުމުގެ އެޑިޔުކޭޝަން މިނިސްޓްރީއަށް އަމާޒުކޮށް ގަލާއި ސިމެންތި ބުރިތައް އުކާފައިވާއިރު، ފުލުހުން ވަނީ ކަރުނަގޭހާއި ވޯޓާ ކެނަން ބޭނުންކޮށްގެން އެމީހުން ރޫޅާލަން މަސައްކަތްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައެވެ. މުޒާހަރާ އިންތިޒާމުކުރި ފަރާތްތަކުން ބުނި ގޮތުގައި، މި މުޒާހަރާއަކީ ޔުނިވަރސިޓީތަކުގެ ހާލަތު ދަށްވުމާއި، މަތީ ތަޢުލީމުގެ ޚަރަދުތައް ބޮޑުވުމާއި، މާލީ އެހީތެރިކަން ކުޑަވުމުގެ އިތުރުން ދަސްވެނިވުމަށްފަހު ވަޒީފާގެ ފުރުޞަތުތައް މަދުވުމުގެ ސަބަބުން ކުރިއަށްގެންދިޔަ މުޒާހަރާއެކެވެ.

މީގެ އިތުރުން، ގައުމުގައި އޮތް ފަގީރުކަމާއި މުއްސަނދިކަމުގެ ފަރަގު ބޮޑުވުމާއި، ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށްވެސް ގިނަ ދަރިވަރުން މަގުތަކަށް ނުކުތެވެ. މުޒާހަރާގައި ބައިވެރިވި ލުލްޖެޓާ ކޯލާ ބުނި ގޮތުގައި، ގައުމުގައި އިޖުތިމާޢީ ބޮޑެތި ބޭއިންސާފުތަކެއް އެބަހުއްޓެވެ. އަދި މިހާރުގެ ހާލަތު ބަދަލުކުރުމަށްޓަކައި މުޅި ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން އަލްބޭނިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަލްބާނާ ކޯޗިއު ފޭސްބުކްގައި ލިޔުއްވި ގޮތުގައި، އަނިޔާވެރިކަމަކީ ދުވަހަކުވެސް ހައްލެއް ގެނުވާނެ ކަމެއް ނޫންކަމަށާއި، މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް ހައްލަކަށް ނުވާނެ ކަމަށެވެ. އަދި އޮފީސްތަކަށާއި ދައުލަތުގެ ފުލުހުންނަށް އަމާޒުކޮށް ގައު އުކައި ހަމަލާދިނުމާއި، އާންމު މުދަލަށް ގެއްލުންދިނުމަކީ ޒުވާނުން ޝުޢޫރު ފާޅުކުރަންވީ ގޮތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މުޒާހަރާތައް ކުރިއަށް މިދަނީ ޔޫރަޕްގެ އެކި ގައުމުތަކުގައި ދަރިވަރުންގެ ހަރަކާތްތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އެގޮތުން ފްރާންސްގައިވެސް، ސްކޫލްތަކުގެ ހާލަތު ދަށްވުމާއި، ޓީޗަރުން މަދުވުމުގެ އިތުރުން ކްލާސްރޫމްތައް ތޮއްޖެހުމުގެ މައްސަލައިގައި ދަރިވަރުން ވަނީ މުޒާހަރާތައް ކޮށް ސްކޫލްތައް ބަންދުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450