ޚަބަރު
ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފި
ހުޅުމާލެ ސަހަރާ...
ހުޅުމާލޭ ސަހަރާގެ ބިމު އަޑިން ފެން ނުހިނދޭތީ މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތުމުގެ ސަބަބުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލެވިފައިވާ ކަމަށެވެ. އެހެންކަމުން، މައްޔިތުން ވަޅުލުން މިހާރު މާލެ އާސަހަރާއަށް ބަދަލު ކުރެވިފައިކަމަށް ވިދާޅުވިއެވެ.
ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތުމުގެ ސަބަބުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުންވަނީ މެދުކަނޑާލެވިފައި. މިހެން ކަމުން މައްޔިތުން ވަޅުލުން މިހާރު ވަނީ މާލެ އާސަހަރާއަށް ބަދަލު ކުރެވިފައި. https://t.co/szj7bAO7h5
— Malé City Council (@MaleCitymv) October 24, 2026
ބޯކޮށް ވާރޭވެހިއްޖެނަމަ، ފެން ބޮޑުވުމުގެ މައްސަލަ ހުޅުމާލެ ސަހަރާއަށް ވަރަށް ދިމާވެއެވެ. މި މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން މިދިޔަ އަހަރުތަކުގައިވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.