Ads by Farudhun

ޚަބަރު

ކުމުންދޫ ޞިއްޙީ މަރުކަޒު އިމާރާތުގެ ޓައި ބީމް ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފި

ކުމުންދޫ ޞިއްޙީ މަރުކަޒު އިމާރާތުގެ ޓައި ބީމް ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފި

ކުމުންދޫ ޞިއްޙީ މަރުކަޒުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 އޮކްޓޯބަރު 2026، 12:27

24 އޮކްޓޯބަރު 2026، 12:27

ހދ. ކުމުންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ސައިޓުގައި މިހާރު ކުރިއަށްދަނީ ޓައި ބީމް ކޮންކްރީޓް އެޅުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން މިކަން ހާމަކޮށްފައި ވަނީ މަޝްރޫއުގެ އަދާހަމަ ހިއްސާކުރެއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ޒަރިއްޔާއިންނެވެ.

ކުމުންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.



މި މަޝްރޫޢުގެ ދަށުން 7,800 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ ޒަމާނީ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ބިންގަނޑު ކޮނުމާއި، މޭސަނަރީ މަސައްކަތްތަކާއި، ކޮންކްރީޓް މަސައްކަތާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމުގެ އިތުރުން ކުލަލުމާއި ދަގަނޑު މަސައްކަތްތައް ހިމެނެއެވެ. އަދި ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތައް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ ޚިދުމަތްތަކަށް ބޭނުންވާ މުހިންމު ވަސީލަތްތައް ޤާއިމުކުރުމުގެ ގޮތުން ކަރަންޓު ވަޔަރިންގ މަސައްކަތްތަކާއި، މެޑިކަލް ގޭސް ސިސްޓަމް ހަރުކުރުމާއި، އެއަރ ކޮންޑިޝަން ނިޒާމު ޤާއިމުކުރުމުގެ އިތުރުން އަލިފާން ނިއްވާ ނިޒާމު ހަރުކުރުން ވެސް ކުރިއަށްދާނެއެވެ.

މި މަޝްރޫޢަކީ 27,262,552.40 ރުފިޔާއަށް 360 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450