ޚަބަރު
މަތިވެރީ ސްކޫލް އިމާރާތުގެ ބޮޑުބައި ނިމި، މަސައްކަތް ނިންމުމާ ގާތަށް
އއ. މަތިވެރީ ސްކޫލުގެ 12 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތްކުރުން. ފޮޓޯ: އެމްޓީސީސީ
އއ. މަތިވެރީ ސްކޫލުގެ 12 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމި، މަސައްކަތް އެއްކޮށް ނިންމާލުމާ ގާތަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން އެކްސްގައި ހިއްސާކުރި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުގައިވާ ގޮތުން، އިމާރާތުގެ ބެލްކަނީ އަދި ސިޑީގެ ރެއިލިންގ ހަރުކުރުމުގެ މަސައްކަތާއި، އެތެރޭގެ ޕްލަމްބިންގ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. މީގެއިތުރުން ސީލިންގ އެޅުމާއި ކަރަންޓު ވަޔަރިންގ މަސައްކަތްތަކުގެ 90 އިންސައްތަ ނިމިފައިވާއިރު، އިމާރާތުގެ ބޭރު ފާރުތަކުގައި ސިމެންތި ޖެހުމުގެ 95 އިންސައްތަ މަސައްކަތް ވެސް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
މި މަސައްކަތަކީ ކުރީ ސަރުކާރުން 2022 ގައި 15.95 މިލިއަން ރުފިޔާއަށް އަޒްތޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ޖޭވީ ވިތް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މަސައްކަތެކެވެ.
Project Update: Completion of 12 Classrooms and Multipurpose Hall at AA Mathiveri School Balcony and staircase handrail work and internal plumbing works have been completed. Ceiling works and electrical wiring works are in progress with 90% completion. External plastering works are underway with 95% completion. Follow more updates at: https://t.co/gj1h167YHq #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC
— MTCC Plc (@MTCCPlc) October 24, 2026
ނަމަވެސް މި މަސައްކަތް ހުއްޓިފައިވަނިކޮށް ރައީސް މުޢިއްޒު ވަނީ އަލުން މަސައްކަތް ފަށްޓަވާދެއްވާފައެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ރައީސް އއ. މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރޭގައި، މަތިވެރީ ސްކޫލުގެ މަސައްކަތް އަލުން ކުރިއަށް ގެންދިޔުމަށް އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރާއްޖޭގައި އެމްޓީސީސީން އެތައް މަޝްރޫތަކެއް ކުރިއަށްގެންދާއިރު، މިއީ ރާއްޖޭގެ ތަރައްޤީއަށް އެ ކުންފުނިންކޮށްދެއްވާ ނުހަނު އަގުހުރި މަސައްކަތްތަކެއްކަން ފާހަގަކޮށްލެވެއެވެ.