Ads by Farudhun

ޚަބަރު

ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގެ "ރަން 5 ވަނަ" ހޮވައި، ރައީސުލްޖުމްހޫރިއްޔާ އިނާމު ދެއްވައިފި

ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގެ "ރަން 5 ވަނަ" ހޮވައި، ރައީސުލްޖުމްހޫރިއްޔާ އިނާމު ދެއްވައިފި

އުފެއްދުންތެރިގައި ބައިވެރިވެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިނާޟު ދެއްވަނީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

24 އޮކްޓޯބަރު 2026، 11:27

24 އޮކްޓޯބަރު 2026، 11:27

ދިވެހީންގެ ފަންނުވެރިކަމާއި އުފެއްދުންތެރިކަން ކުރިއެރުވުމުގެ މަޤްޞަދުގައި ބޭއްވި "މޯލްޑިވްސް އެކްސްޕޯ 2026" ގެ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ "ރަން 5 ވަނަ" ހާސިލުކުރި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިނާމު ހަވާލުކޮށްދެއްވައިފިއެވެ.

މި މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރީގެ ފުރުޞަތުތައް ފުޅާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބޭއްވި މައުރަޒެކެވެ. މިރޭ ކުލަގަދަކޮށް ބޭއްވުނު  އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ ޢިއްޒަތްތެރިންނާއި، އެކި ސިނާޢަތްތަކުގެ އިސްވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ ބައިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މައުރަޒުގައި ބައިވެރިކުރި ތަކެތީގެ ތެރެއިން އެންމެ ފުރިހަމަ އުފެއްދުންތަކަށް ދޭ "ރަން 5 ވަނަ" ކާމިޔާބުކޮށްފައިވަނީ އަމިއްލަ ފަރުދުންގެ ތިން އުފެއްދުމަކާއި، ވިޔަފާރި ދާއިރާގެ ދެ އުފެއްދުމެކެވެ. އެ ފަރާތްތަކާއި އުފެއްދުންތަކަކީ:

  • ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ކެޓެގަރީން: މަރިޔަމް ޝަހުމާ – "މެމޮރީ އޮފް ދަ ޓައިޑްސް"
  • ލަކުޑީގެ އުފެއްދުންތަކުގެ ކެޓެގަރީން: ޢަބްދުއްރަޝީދު ޙަސަން – "ދޯނި"
  • ޖުވެލަރީ އެންޑް އެކްސަސަރީޒް ކެޓެގަރީން: އުޝާ އާދަމް – "ތުންޑު ކުނާ"
  • އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ކެޓެގަރީން: މުޙައްމަދު ޔާނިއު ރަމީޒު – "އަވަސް އެޕް"

އިމާރާތްކުރުމުގެ ދާއިރާއިން: އާދަމް މަންޞޫރު – "ކަޅުވަކަރު މިސްކިތް"

މި ރަސްމިއްޔާތުގައި އެކި ފަންތިތަކުން ފާހަގަކޮށްލެވުނު ކާމިޔާބީތަކަށް ޖުމްލަ 298 އެވޯޑެއް ދީފައިވެއެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކުން 1 ވަނަ ހޯދި 116 ފަރާތާއި، 2 ވަނަ ހޯދި 95 ފަރާތް އަދި 3 ވަނަ ހޯދި 82 ފަރާތުގެ އިތުރުން "ރަން 5 ވަނަ" ހިމެނެއެވެ. އެއް ބައިވެރިއަކު އެއް އެވޯޑަށްވުރެ ގިނައިން ހާސިލުކޮށްފައިވާތީ، ޖުމްލަ ވަނަތައް ބެހިގެންދިޔައީ 134 ބައިވެރިންގެ މެދުގައެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު ވަނީ 76 އެވޯޑު ހާސިލުކޮށް، ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

މި މައުރަޒުގެ މައިގަނޑު ދާއިރާތަކުން 1 ވަނަ ހޯދި ފަރާތްތަކަށް ބަލާއިރު:

  • އަމިއްލަ ފަރުދުންގެ ދާއިރާއިން: އޫޝާ ޙަސަން (މާލެ ސިޓީ)
  • ވިޔަފާރި ދާއިރާއިން: ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ
  • ތަޢުލީމުދޭ ދާއިރާއިން: މޯލްޑިވްސް ޕޮލިޓެކްނިކް
  • ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާއިން: ވިމެން އެންޓްރަޕްރެނާޒް މޯލްޑިވްސް
  • ސަރުކާރު ކުންފުނިތަކުގެ ދާއިރާއިން: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ޚާއްޞަ
  •  އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން: ފާޠިމަތު ޝަފަޤް (ރެޑިއަމްގެ، ތ. ވިލިފުށި)

މިއަހަރުގެ އެކްސްޕޯއަށް އާންމުންނާއި ވިޔަފާރިތަކުގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، ޖުމްލަ 419 ފަރާތަކުން 4,400 އުފެއްދުން ވަ

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450