ޚަބަރު
ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މުދައްރިސަކު ހައްޔަރުކޮށްފި
ޖިންސީ ގޯނާގެ މައްސަލަތަކާ ދެކޮޅަށް އަޑު އުފުުލުމަށް ބޭއްވި އެއްވުމެއް. ފޮޓޯ: ސަން
ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގެ ސްކޫލެއްގައި ކިޔަވައިދޭ މުދައްރިސަކު، ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ 12 އަހަރާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު 17 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ އޮކްޓޫބަރު 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 52 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.