Ads by Farudhun

ޚަބަރު

ތިނަދޫ ރޭޕް ކޭސް: ހައްޔަރުކުރި 9 މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި

ތިނަދޫ ރޭޕް ކޭސް: ހައްޔަރުކުރި 9 މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި

ހައްޔަރުކުރި މީހުން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޮކްޓޯބަރު 2026، 04:18

25 އޮކްޓޯބަރު 2026، 04:18

ގދ. ތިނަދޫގައި ހިންގި ރޭޕްގެ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި 9 މީހުންގެ ވަނަވަރާއި، އެމީހުންގެ ބަންދާ މެދު ކޯޓުން ނިންމި މުއްދަތުތަކުގެ ތަފުސީލު ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:

  • މުޙައްމަދު މައިސަން ޝިޔާޒު (21އ)
  • އަޙްމަދު އިފްތިޝާމް ޒަރީރު (24އ)
  • ނަޖުމުﷲ ޙަސަން (35އ)
  • ޢާޒިމް މުފީދު (24އ)
  • ޢަލީ ޙުޒާމް ސަޢީދު (31އ)
  • މުޙައްމަދު ޞާލިޙު އަޙްމަދު (26އ)
  • އަޙްމަދު ނޫޙު ނިޔާޒު (20އ)
  • މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ)
  • އަޙްމަދު ޞާނިޖު ޞާދިޤު (32އ)


މި އެންމެންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކި މީހުންނަށް ކޯޓުން ވަނީ އެކި މުއްދަތު ޖަހައިދީފައެވެ. އެގޮތުން މުޙައްމަދު ޞާލިޙު އަޙްމަދު، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު، ނަޖުމުﷲ ޙަސަން އަދި އަޙްމަދު ނޫޙު ނިޔާޒުގެ ބަންދަށް 5 ދުވަސް ދީފައިވާއިރު، މުޙައްމަދު މައިސަން ޝިޔާޒުގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ. އަދި ޢާޒިމް މުފީދު 15 ދުވަހަށް، އަޙްމަދު ޞާނިޖު ޞާދިޤު 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާއިރު، އަޙްމަދު އިފްތިޝާމް ޒަރީރު އަދި ޢަލީ ޙުޒާމް ސަޢީދު ބަންދުކުރަން އަމުރުކޮށްފައިވަނީ 90 ދުވަހަށެވެ.

މި މައްސަލައިގެ ތަހުގީގު ފުޅާދާއިރާއެއްގައި ކުރިއަށްދާއިރު، މާލެއިން ފޮނުވި ފުލުހުންގެ ހާއްސަ ޓީމެއް ދަނީ ތިނަދޫގައި ހަރަކާތްތެރިވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450