Ads by Farudhun

ޚަބަރު

ފުނަދޫ އަލިފާނުގެ ހާދިސާއަށް ވަގުތުން އިޖާބަދެއްވި ފަރާތްތަކަށް ރައީސް ޝުކުރު ދަންނަވައިފި

ފުނަދޫ އަލިފާނުގެ ހާދިސާއަށް ވަގުތުން އިޖާބަދެއްވި ފަރާތްތަކަށް ރައީސް ޝުކުރު ދަންނަވައިފި

ށ. ފުނަދޫ އަލިފާނުގެ ހާދިސާ--

farudhun logo

ފަރުދުން

25 އޮކްޓޯބަރު 2026، 04:56

25 އޮކްޓޯބަރު 2026، 04:56

ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ބޮޑު ހާދިސާއަށް ވަގުތުން އިޖާބަދެއްވައި، އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވައިފިއެވެ. ރައީސް މި ޝުކުރު ދަންނަވާފައިވަނީ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ، ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އެމަނިކުފާނަށް ލިބިވަޑައިގަތީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ. އަދި މިފަދަ ޙާލަތްތަކުން މި ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރައްކާތެރިކަން އަބަދުމެ މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށް ވެސް ވިދާޅުވެފައިވެއެވެ.



މި ކުރިމަތިވި ކުއްލި އަދި އުނދަގޫ ޙާލަތުގައި، ވަގުތުން އިޖާބަދެއްވައި، ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ދެއްވި ބޮޑު އެހީތެރިކަމަށްޓަކައި ރައީސް ވަނީ ހާދިސާގައި އެހީތެރިވި ހުރިހާ ފަރާތްތަކުގެ އަގު ވަޒަންކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި (އެމް.އެން.ޑީ.އެފް)، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު އަދި ޖޭ.ޑަބްލިޔު. މެރިއޮޓްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުތަކަށް ޝުކުރު ދަންނަވާފައިވެއެވެ. މީގެ އިތުރުން ށ. އަތޮޅު ހޮސްޕިޓަލާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯއާއި، ފުނަދޫ ކައުންސިލާއި ސަރުކާރުގެ އިދާރާތަކާއި، އަދި ފުނަދޫގެ އެކުވެރި ލޮބުވެތި ރައްޔިތުންނަށް ދެއްވި އެއްބާރުލެއްވުމަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުން، ރައީސް ވިދާޅުވީ މުދަލަށް ގެއްލުން ލިބުނު ފަރާތްތައް، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު ޢާއްމު ޙާލަތަކަށް އަވަހަށް ރުޖޫއަވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މި ހުރިހާ ފަރާތްތަކުގެ ލޮބުވެތި ޢާއިލާތަކަށްވެސް ކެތްތެރިކަމާއި ހަމަޖެހުން މިންވަރުކުރެއްވުން އެދި ދުޢާކުރައްވާކަމަށް ރައީސްގެ ޕޯސްޓްގައި ވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450