Ads by Farudhun

ޚަބަރު

މޮޅަދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

މޮޅަދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

މޮޅަދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢު. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޮކްޓޯބަރު 2026، 06:08

25 އޮކްޓޯބަރު 2026، 06:08

ހއ. މޮޅަދޫގައި ކުރިއަށްދާ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް އެ މަޝްރޫޢު ހިންގާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ ރަށްރަށުގެ ކުޅިވަރުގެ ވަސީލަތްތައް ހަރުދަނާކޮށް އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި މިހާރު ސައިޓުގައި އެންމެ ހަލުވިކަމާއެކު ކުރިއަށްދަނީ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތާއި، ވަށާފާރުގައި ސީލަރ ލުމުގެ މަސައްކަތުގެ އިތުރުން ފެންސް ނެޓް ހަރުކުރުމުގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމުމުން ދަނޑުގެ މައިގަނޑު އޮނިގަނޑު އެކުލަވާލުމުގެ ބޮޑުބައި ފުރިހަމަވެގެންދާނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާއިރު، ސެޕްޓެމްބަރު 2026 ގެ ނިޔަލަށް މަޝްރޫޢުގެ 51 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އެ މަރުޙަލާގައި މައިގަނޑު ގޮތެއްގައި ކުރިއަށްގެންގޮސްފައިވަނީ ވަށާފާރުގައި ސިމެންތި ޖެހުމާއި، ފެންސްގެ ވެލްޑިންގ މަސައްކަތްތަކެވެ.

ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ހއ. މޮޅަދޫގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ އިތުރުން، އެ ރަށުގައި އެޅި އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ވެސް ވަނީ ފުރިހަމަކުރެވިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450