Ads by Farudhun

ޚަބަރު

މިއަހަރުގެ ނަޞްރުގެ ދުވަހު އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ހިންގަނީ

މިއަހަރުގެ ނަޞްރުގެ ދުވަހު އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ހިންގަނީ

ނަޞްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޮކްޓޯބަރު 2026، 07:01

25 އޮކްޓޯބަރު 2026، 07:01

މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ. މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3 ވަނަ ދުވަހުގެ ފަތިހު، ސިފައިން ބައިވެރިވެގެން އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާޢަތުގައި ކުރާ ފަތިސް ނަމާދުންނެވެ.

ޖަމާޢަތުގައި ކުރާ ފަތިސް ނަމާދަށްފަހު، އެ ދުވަހު ހެނދުނު 06:00 ގައި 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ނެގުމާއި ގާޑު މައުންޓް ކުރުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި އާންމުންނަށް ހުޅުވާލައިގެން ސިފައިންގެ އަސްކަރީ ހުށަހެޅުމެއް ކުރިއަށްދާނެއެވެ. މީގެއިތުރުން ނޮވެންބަރު 3 ވަނަ ދުވަހުގެ ރޭ ބާއްވާ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ސިފައިންގެ ޤައުމީ ލަވަ އަލްބަމް ނެރުމަށްވެސް ވަނީ ނިންމާފައެވެ.

މާލޭގެ އިތުރުން އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައިވެސް ސިފައިން ބައިވެރިވެގެން ޖަމާޢަތުގައި ފަތިސް ނަމާދު ކުރުމާއި، ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ނަޞްރުގެ ދުވަހުގެ ދުވުން ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.

މި އަހަރުގެ ހަރަކާތްތަކުގެ ތެރެއިން ޚާއްޞަ ޕްރޮގްރާމްތަކެއް އަތޮޅުތެރޭގައިވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސިފައިންގެ ފޮޓޯ މައުރަޒާއި، އަސްކަރީ ހުށަހެޅުން އަދި ކުޑަކުދިންގެ ހަވީރު ހއ. ދިއްދޫ އާއި ހއ. ބާރަށުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ދިއްދޫއަކީ 3 ނޮވެންބަރު 1988 ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ދިއްދޫ ޗާންދަނީއާގޭ ޝަހީދު ޢުމަރު އަޙްމަދުގެ އުފަން ރަށެވެ. އަދި ބާރަށަކީ އެ ހާދިސާގައި ޝަހީދުވި ބާރަށު ސޯސަންގޭ ޝަހީދު އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށެވެ.

މި ހަރަކާތްތައް ދިއްދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 13 އަދި 14 ވަނަ ދުވަހުއެވެ. އަދި ބާރަށުގައި މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 20 އަދި 21 ވަނަ ދުވަހުއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450