ޚަބަރު
ފައިސާ ހޯއްދަވައިގެން އެކި ސަރުކާރުތަކުގައި އެކި ރައީސުން ކުރައްވާނީ އެކި ކަންކަން: ޢަބްދުއްރަޙީމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް. ފޮޓޯ: މަޖިލިސް އިދާރާ
ފައިސާ ހޯއްދަވައިގެން އެކި ސަރުކާރުތަކުގައި އެކި ރައީސުން ކުރައްވާނީ އެކި ކަންކަން ކަމަށާއި، މި ސަރުކާރުން ޓެކުހުގެ ގޮތުގައި ލިބޭ ފައިސާއިން ކުރާ ކަމަކީ ދަރަނި ދައްކައި، ބަނގުރޫޓުކޮށްލާފައި އޮތް ޤައުމެއް ކޮޅަށް ޖެހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިފަދައިން ވިދާޅުވީ ޓެކްސް ނެގުމުގެ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގެ ތެރޭގައި، ޓެކްސްތައް ބޮޑުކޮށްގެން ދައުލަތަށް ނަގާ ފައިސާއިން ސަރުކާރުން ކުރަނީ ކޮން ކަމެއްތޯ ސުވާލު އުފައްދައި އިދިކޮޅު މެންބަރުން ދެއްކެވި ވާހަކަތަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ވެރިކަމުގައި ތިއްބަވައިގެން އެއްބައި ބޭފުޅުން ކުރައްވާ ކަމަކީ އެ ބޭފުޅުންގެ ޖީބު ބޮޑުކުރައްވައި އަމިއްލަ ކުންފުނިތައް މުއްސަނދިކުރެއްވުން ކަމަށެވެ. އަދި އަނެއްބައި ބޭފުޅުން ކުރައްވާ ކަމަކީ އެގޮތަށް ޢަމަލުކުރެއްވި ބޭފުޅުން ބަނގުރޫޓުކޮށްލާފައި އޮތް ޤައުމު އަލުން ސަލާމަތްކޮށް، އިޤްތިޞާދު ނަގައި ކޮޅަށް ޖައްސަވައި ދަރަނިތައް ދެއްކެވުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އެއީ އަސްލު އެ ފައިސާއިން ކުރާ ކަމަކީ، އެ ފައިސާއިން އެމަގަށް އެ ކަންކަން ކުރީމާ މިއަދު ސަލާމަތުން އޮތް ޤައުމެއް އަޅުގަނޑުމެނަށް މި ލިބުނީ، އެއީ ރައްޔިތުންނާއި ޤައުމަށް ޓެކްސް ފައިސާ ހޯދައިގެން މި ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކަކީ،
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
ޓެކްސް ނެގުމުގެ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ވާހަކަދެއްކެވި ގިނަ މެންބަރުން ވަނީ މިއީ ތަރައްޤީގެ މަޝްރޫޢުތައް މެދުނުކެނޑި ކުރިއަށް ގެންގޮސް، ޓެކްސްގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް މުހިންމު ބިލެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
މޫސާރަޝީދު
27/10/2026 13:27
ސިޔާސީ މީހުންގެ ބޮޑު މުސާރަޔޯ !!!!!