Ads by Farudhun

ޚަބަރު

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ބާރަށުގައި ޒަމާނީ ބަނދަރެއް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ބާރަށުގައި ޒަމާނީ ބަނދަރެއް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ބާރަށުގައި ޒަމާނީ ބަނދަރެއް ހަދަން އެމްޓީސީސީއާ ހަވާލުކުރުން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 އޮކްޓޯބަރު 2026، 12:18

27 އޮކްޓޯބަރު 2026، 12:18

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. ބާރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، އެ ރަށުގައި ވަޞީލަތްތައް ފުރިހަމަ ޒަމާނީ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ޙަވާލުކޮށްފިއެވެ.

މި މަޝްރޫޢާ ގުޅޭ މަޢުލޫމާތު ހާމަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ ރައީސް ޑރ. މުޢިއްޒު ބާރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރެއިން ދެ ވަޢުދެއް އެއް މަޝްރޫޢަކުން ފުއްދުމުގެ މަސައްކަތް ފެށިގެންދިޔަ ތާރީޚީ ދުވަހެއް ކަމަށެވެ. 

އެގޮތުން ރައީސްގެ ވަޢުދުފުޅަކީ ބާރަށުގައި މިހާރު އޮތް ޖެޓީގެ އާބާތުރަ ފިލުވައި، މަސްވެރިންނަށް ޚާއްޞަކޮށްގެން މަސްޖެޓީއެއް އެޅުން ކަމުގައި ވިޔަސް، ސާރވޭއިން ދެއްކި ގޮތުގައި މިހާރު ހުރި ޖެޓީގެ ތަނބުތައް ފަޅައިގެން ގޮސްފައިވުމުން އެއީ މަރާމާތު ކުރެވޭ ވަރަށް ވުރެ ބޮޑު ގެއްލުމެކެވެ. އެހެންކަމުން ރައްޔިތުންގެ އެދުމުގެ މަތިން މަޝްރޫޢު ބަދަލުކުރެވުނީ ފުރިހަމަ ބަނދަރެއް ހެދުމަށެވެ.



ބާރަށުގައި އަލަށް ތަރައްޤީކުރާ ބަނދަރު ވެގެންދާނީ ގިނަ ވަޞީލަތްތަކެއް އެކުލެވޭ ޒަމާނީ ބަނދަރަކަށެވެ. އެގޮތުން ރައްޔިތުން އެދުނު ގޮތަށް މި މަޝްރޫޢުގެ ދަށުން ލޭންޑިންގ ކްރާފްޓް ކައިރިކުރެވޭނެ ސަރަޙައްދަކާއި، މުދާ އަރުވާ ބޭލުމަށް ޚާއްޞަ ސަރަޙައްދެއްގެ އިތުރުން މަސްމާރުކޭޓަކާއި، މަސްވެރިންގެ ޑިންގީތައް ޕާކުކުރާނެ ސަރަޙައްދެއް އަދި ރަސްމީ ފާލަމެއް ހިމެނޭނެއެވެ. މީގެއިތުރުން ބޭރުތޮށި ލާއިރު ސޭންޑްފިލްކޮށް ރުއްގަސް އިންދޭނެ ޖާގަ ހިމަނައި، ބަނދަރާއި ބޭރުތޮށި އޯވަރ ބްރިޖަކުން ގުޅާލެވި ސައިކަލުގައި ބޭރުތޮއްޓަށް ދެވޭގޮތަށް ފަރުމާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ބާރަށުގެ ރައްޔިތުންގެ މި ހުވަފެން ޙަޤީޤަތަކަށް ހައްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅަށް މެންބަރު ޝުޖާޢު ވަނީ ރައްޔިތުންނާއި އަމިއްލަ ނަންފުޅުގައި ޝުކުރު އަދާކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450