Ads by Farudhun

ޚަބަރު

ދިއްދޫ ފުޓްސަލް ދަނޑުގެ ޕީވީސީ ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށް

ދިއްދޫ ފުޓްސަލް ދަނޑުގެ ޕީވީސީ ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށް

ދިއްދޫ ފުޓްސަލް ދަނޑުގެ ޕީވީސީ ފެންސް ޖެހުން. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޮކްޓޯބަރު 2026، 11:05

27 އޮކްޓޯބަރު 2026، 11:05

ހއ. ދިއްދޫގައި ތަރައްޤީކުރަމުން އަންނަ ފުޓްސަލް ދަނޑުގެ ވަށައިގެން ޕީވީސީ ފެންސް ޖެހުމުގެ މަސައްކަތް މިހާރު ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫޢު ހިންގާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ރަށުގެ ޒުވާނުންނަށް ޒަމާނީ އަދި ރައްކާތެރި ކުޅިވަރު މާޙައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް މުހިންމު މަރުޙަލާތަކެއް ނިންމާލެވިފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ. އެގޮތުން ދަނޑުގެ ބިންގަލާއި ވަށައިގެންވާ ބައުންޑަރީގެ ރޭނުމުގެ މަސައްކަތްތައް ކުރިން ވަނީ ފުރިހަމަކޮށްފައެވެ. އަދި އޭގެ ފަހުން މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި ސިމެންތި ޖެހުމުގެ މަސައްކަތްތައް ވެސް ވަނީ ނިންމާލާފައެވެ.

މި މަޝްރޫޢުގެ ދާއިރާގެ ތެރޭގައި ދަނޑުގެ ބިންގަނޑު ތައްޔާރުކުރުމާއި، ވަށައިގެންވާ ބައުންޑަރީ ރޭނުމާއި، ސިމެންތި ޖެހުމުގެ އިތުރުން ޕީވީސީ ފެންސް ޖެހުމާއި، ލައިޓިންގ ހަރުކުރުމާއި ފެންވަރު ރަނގަޅު ޓާފް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މިހާރު ކުރިއަށްދާ ފެންސް ޖެހުމުގެ މަސައްކަތާއެކު، މުޅި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ ފަހުގެ މަރުޙަލާތަކަށް ދަނީ ތައްޔާރުވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450