Ads by Farudhun

ޚަބަރު

ރެހެންދި އެވޯޑު 2027 އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ރެހެންދި އެވޯޑު 2027 އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ކުރިން ބޭއްވުނު ރެހެންދީ އެވޯޑްސްގެ ތެރެއިން--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 އޮކްޓޯބަރު 2026، 10:03

27 އޮކްޓޯބަރު 2026، 10:03

ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި މުޖުތަމަޢު ބިނާކުރުމުގައި އަދާކުރާ ދައުރުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ "ރެހެންދި އެވޯޑު 2027" އަށް ކުރިމަތިލުމުގެ ފުރުޞަތު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.

މި އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ 2026 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ.

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މި އެވޯޑުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް އަންހެނުން އަދާކުރާ ދައުރު ޤައުމީ ފެންވަރެއްގައި ފާހަގަކުރުމާއި، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބާރުއެޅުމެވެ. އަދި އެކި ދާއިރާތަކަށް އަންހެނުން ނުކުތުމަށް ހިތްވަރުދީ، އަންހެނުން ބާރުވެރިކުރުވުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކިވަކި ފަރުދުންނާއި ޖަމުޢިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ބަލައިގަތުމަކީވެސް މި އެވޯޑު ދިނުމުގެ މުހިންމު ބޭނުމެކެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ގޮތުން ވަކިވަކި އަންހެނުންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ދީފައެވެ. މީގެއިތުރުން އެހެން ފަރާތަކުން ނަން ނޮމިނޭޓްކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. އެވޯޑަށް ހުށަހަޅާއިރު ބޭނުންވާ ލިޔެކިޔުންތަކުގެ ތަފުސީލު އެޕްލިކޭޝަން ފޯމުގައި ހިމަނާފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް ބަޔާންކޮށްފައިވާ އުޞޫލާއި އެޕްލިކޭޝަން ފޯމު، މިނިސްޓްރީގެ ރަސްމީ ވެބްސައިޓް (www.health.gov.mv) އިން ޑައުންލޯޑު ކުރެވޭނެއެވެ. އަދި ހުޅުމާލޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ހުންނަ މިނިސްޓްރީގެ ކައުންޓަރުންނާއި، އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑަރަންސް ސަރވިސް ސެންޓަރުތަކުންވެސް ފޯމު ލިބެން ހުންނާނެއެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ އީމެއިލް [email protected] މެދުވެރިކޮށެވެ. އަދި ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް، އުމަރު ޒާހިރު އޮފީސް އިމާރާތުގައި ހުންނަ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ކައުންޓަރަށް ފޯމު ހުށަހެޅޭނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450