Ads by Farudhun

ޚަބަރު

އެރައިޒް މަޝްރޫޢު: 15 މެގަވޮޓްގެ ސޯލާ ޕީ.ވީ. ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އެރައިޒް މަޝްރޫޢު: 15 މެގަވޮޓްގެ ސޯލާ ޕީ.ވީ. ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބެއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 އޮކްޓޯބަރު 2026، 09:02

27 އޮކްޓޯބަރު 2026، 09:02

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން، ފެނަކައިގެ އެރައިޒް އިނިޝިއޭޓިވްގެ ދަށުން ހިންގާ 15 މެގަވޮޓްގެ ސޯލާ ޕީ.ވީ. ސަބް ޕްރޮޖެކްޓްގެ ކަރަންޓު ގަތުމުގެ އެއްބަސްވުމަކާއި، މަސައްކަތް ހިންގުމުގެ އެއްބަސްވުމެއްގައި ސީނޯ ސޯއާރ ހައިބްރިޑް ޓެކްނޮލޮޖީއާ އެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގެ ދަށުން، ލ. އަތޮޅު ކްލަސްޓާ (ލޮޓް 1) އާއި މައިގަނޑު ސަރަހައްދީ ހަބްތައް (ލޮޓް 2) ހިމެނޭ 13 ރަށެއްގައި ސޯލާ ޕީ.ވީ. ސަބް ޕްރޮޖެކްޓް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. 

ވޯލްޑް ބޭންކް، ސީ.ޓީ.އެފް.، އޭ.އައި.އައި.ބީ.، އަދި މީގާ ފަދަ މާލީ އިދާރާތަކުން ފަންޑުކޮށް، 20 އަހަރުގެ ޑީ.ބީ.-އެފް.އޯ.އޯ.ޓީ. (DB-FOOT) ފްރޭމްވޯކެއްގެ ތެރެއިން ކުރިއަށްގެންދާ މި މަޝްރޫއަކީ ދިވެހިރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ އިތުރުކުރުމަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫއު އެއްކޮށް ނިމި އޮޕަރޭޝަނަށް އައިސްފިނަމަ، ދިވެހިރާއްޖޭގެ ޖުމްލަ ސޯލާ ކެޕޭސިޓީ 34 މެގަވޮޓަށް އިތުރުވެގެންދާނެ ކަމަށާއި، 2025 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުގެ ޖުމްލަ އިންސައްތަ 24 އަށް އަރާނެ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ ސަބަބުން، ކޮންމެ އަހަރަކު އެތެރެކުރާ ޑީސަލުގެ އަދަދު 15 މިލިއަން ލީޓަރު ކުޑަވެ، ގައުމަށް އަހަރަކު 180 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ.

އެރައިޒް މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 33 އިންސައްތައިގެ އިޔާދަކުރަނިވި ހަކަތައިގެ އަމާޒު ހާސިލުކުރުމަށް ދެވޭ ވަރަށް ބޮޑު އެއްބާރުލުމެއްކަން ވެސް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450