Ads by Farudhun

ޚަބަރު

ގްރީން ފައިނޭންސް ފަސޭހަކުރުމަށް ޑެޕިޔުޓީ މިނިސްޓަރ ޢަލީ ނާޞިރު ގޮވާލައްވައިފި

ގްރީން ފައިނޭންސް ފަސޭހަކުރުމަށް ޑެޕިޔުޓީ މިނިސްޓަރ ޢަލީ ނާޞިރު ގޮވާލައްވައިފި

މި ޕެނަލް ޑިސްކަޝަންގެ ތެރެއިން.. ފޮޓޯ: ވުޒާރާ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

27 އޮކްޓޯބަރު 2026، 03:52

27 އޮކްޓޯބަރު 2026، 03:52

ގްރީން ފައިނޭންސް ފަސޭހަކުރުމަށް ޑެޕިޔުޓީ މިނިސްޓަރ ޢަލީ ނާޞިރު ގޮވާލައްވައިފިއެވެ.

ޑެޕިޔުޓީ މިނިސްޓަރ މިހެން ގޮވާލެއްވީ، މިއަހަރު ހޮންކޮންގުގައި ބޭއްވުނު "ބެލްޓް އެންޑް ރޯޑް ގްރީން އިންނޮވޭޝަން ކޮންފަރެންސް" ގެ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ޑެޕިޔުޓީ މިނިސްޓަރ ޢަލީ ނާޞިރު ވަނީ، މޫސުމީ ބަދަލުތަކާ ގުޅޭ މާލީ އެހީ ފަސޭހައިން ލިބޭނެ އަދި ސާދާކުރެވިފައިވާ ނިޒާމަކަށް ބޭނުންޖެހިފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި ބްލެންޑެޑް ފައިނޭންސް މެކޭނިޒަމްތައް އިތުރަށް ބޭނުންކުރުމަށާއި، މޫސުމީ ބަދަލުތަކަށް ކެތްކުރާނެ އަސާސީ ގޮނޑިގަނޑުތަކާއި، ފެނުގެ ރައްކާތެރިކަމާއި، އަދި އެޑެޕްޓޭޝަން މަޝްރޫޢުތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ބަޔާންކުރައްވައިފައެވެ.



މިކަންކަން ހާސިލްކުރުމުގެ ބޭނުމަކީ، ހާއްސަކޮށް ކުޑަ ރަށްފުށުގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ދިރިއުޅޭ ބަލިކަށި މުޖުތަމަޢުތައް މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން ރައްކާތެރިކުރުން ކަމަށް ނައިބު ވަޒީރު ޢަލީ ނާޞިރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450