ޚަބަރު
ބަޔޯޑައިވާސިޓީ މޮނިޓަރިންގ ހަބް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން ބައިވެރިވެއްޖެ
މި ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ: ވުޒާރާ
އަރުމީނިއާގެ ޔެރެވަންގައި މިހާރު ކުރިއަށްދާ ކޮޕް17 (COP17) ބައްދަލުވުމުގެ ހަވާސާގައި، ސްޓޭޓް މިނިސްޓަރު މުޙައްމަދު ފާއިޒް މިއަދު ބޭއްވި "ޔެރެވަން ޓެކް ފޯ ބަޔޯޑައިވާސިޓީ މޮނިޓަރިންގ ހަބް" އިފްތިތާޙްކުރުމުގެ މަތީ ފަންތީގެ ރަސްމިއްޔާތުގައި ބައިވެވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތުގައި އިފްތިތާޙްކުރެވުނު މި ބައިނަލްއަގުވާމީ މަސައްކަތަކީ، ދިރުންތަކުގެ މުއްސަނދިކަން (ބަޔޯޑައިވާސިޓީ) މޮނިޓަރކުރުމަށް ގައުމީ ފެންވަރުގައި ގާއިމުކޮށްފައިވާ ނިޒާމުތައް ހަރުދަނާކުރުމަށްޓަކައި، މުއާހަދާގެ ބައިވެރިވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފެށިފައިވާ މަސައްކަތެކެވެ. މި މަސައްކަތުގައި އައު އީޖާދީ ޓެކްނޮލޮޖީއާއި، ފަންނީ ގާބިލުކަން އިތުރުކުރުމާއި، އަދި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމު ދައުރެއް އަދާކުރާނެއެވެ.
State Minister H.E. Mohamed Faiz participated in the high-level event "Launch of the Yerevan Tech for Biodiversity Monitoring Hub”, held today, on the sidelines of #COP17 in Yerevan, Armenia. The event launched a global initiative to support Parties to strengthen national biodiversity monitoring systems through innovative technologies, enhanced technical capacities, and international cooperation. The iniatiative is beneficial is advancing the implementation of the #KMGBF, through accesing technologies to collect reliable biodiversity data to support monitoring for #SIDS. #TakingActionForNature
— Min. of Climate Change, Environment and Energy, MV (@MoEnvmv) October 27, 2026
މި މަޝްރޫޢުގެ ސަބަބުން ކުންމިންގ-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކް (KMGBF) ތަންފީޒުކުރުމުގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. އަދި ޚާއްސަކޮށް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (SIDS) ދިރުންތައް ދެނެގަނެ މޮނިޓަރކުރުމަށް މިއީ ވަރަށް ބޮޑު ފަހި ފުރުސަތެކެވެ. މިކަމަށް ބޭނުންވާ އިތުބާރު ހުރި މަޢުލޫމާތު އެއްކުރުމަށް ބޭނުންވާ ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ ތެރެއިން މި ގައުމުތަކަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ.