Ads by Farudhun

ޚަބަރު

މަޑަވެލި ބިންހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ބޮޑުބައެއް ނިންމައިފި

މަޑަވެލި ބިންހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ބޮޑުބައެއް ނިންމައިފި

މަޑަވެލީގައި ހިއްކަމުންދާ ސަރަޙައްދު / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

27 އޮކްޓޯބަރު 2026، 04:29

27 އޮކްޓޯބަރު 2026، 04:29

ގދ. މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ބޮޑުބައެއް ނިމިއްޖެ ކަމަށް، މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މިއަދު ވަނީ ހާމަކޮށްފައެވެ.

އެ ކުންފުނިން ބުނި ގޮތުގައި، މިހާރު ވަނީ 136,980 ކިއުބިކް މީޓަރުގެ ބިން ހިއްކާފައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 232،421 ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 400 ދުވަހުން ނިންމާ ގޮތަށް 174.5 މިލިޔަން ރުފިޔާއަށެވެ.



މި މަޝްރޫޢާ ގުޅޭގޮތުން، މި އަހަރުގެ މާރިޗު މަހުގައި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ދުވަހު، ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ކޯޒްވޭ މަޝްރޫޢަށް ބަދަލުތަކެއް އައުމާ ގުޅިގެން 8 ހެކްޓަރުގެ ބިން ހިއްކުމަށް އޭރު ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މަޑަވެއްޔަކީ އާބާދީގޮތުން ބޮޑު ރަށަކަށްވުމުގެ އިތުރުން ބިމުގެ ދަތިކަން އޮތް ރަށަކަށްވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް އިތުރު 27 ހެކްޓަރުގެ ބިމާ އެއްކޮށް، މި މަޝްރޫޢުގެ ތެރެއިން ޖުމްލަ 35 ހެކްޓަރުގެ ބިން ހިއްކޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450