Ads by Farudhun

ޚަބަރު

ކޮޕް17 ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވައިފި

ކޮޕް17 ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވައިފި

ސްޓޭޓް މިނިސްޓަރު ފާއިޒު. ފޮޓޯ: މޫސުމާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 އޮކްޓޯބަރު 2026، 07:16

28 އޮކްޓޯބަރު 2026، 07:16

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރައިގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ފާއިޒު، ސީ.އޯ.ޕީ 17 (COP17) ގެ މަތީ ފަންތީގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ގައުމީ ބަޔާން އިއްވައިފިއެވެ. 

މި ބައްދަލުވުމަކީ ދިރުންތަކުގެ މުއްސަނދިކަން ރައްކާތެރިކުރުމާއި، ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބައިނަލްއަގްވާމީ ފެންވަރުގައި މަޝްވަރާކޮށް ގޮތްތައް ނިންމާ މުހިންމު ބައްދަލުވުމެކެވެ.

ސްޓޭޓް މިނިސްޓަރ ފާއިޒު އިއްވެވި ބަޔާނުގައި، ކުންމިން-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް (KMGBF) ގެ ލަނޑުދަނޑިތައް ގައުމީ ފެންވަރުގައި ތަންފީޒުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް އަލުން ކަށަވަރުކޮށްދެއްވިއެވެ. މި މަސައްކަތްތަކުގެ ތެރޭގައި 'ނޭޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން' (NBSAP) މުރާޖައާކުރުމާއި، 'އޯ.އީ.ސީ.އެމް' (OECMs) ބަލައިގަތުމުގެ އިތުރުން، ގައުމީ '3030'x ރޯޑްމެޕްގެ މަސައްކަތްތައް ހިމެނެއެވެ. 

މިކަންކަމުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ މާހައުލާއި ދިރުންތައް ރައްކާތެރިކުރުމަށް ގަދަފަދަ އަޒުމެއް ކަނޑައަޅާފައިވާކަން ހާމަވެގެންދާކަން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރެއްވިއެވެ.

މީގެ އިތުރުން، ބަޔާނުގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (SIDS) ކުރިމަތިވެފައިވާ ހާއްސަ ނާޒުކު ހާލަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ. ކުދި ޖަޒީރާ ގައުމުތަކަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކެކެވެ. ދިރުންތަކުގެ މުއްސަނދިކަން ނެތިދިއުން ހުއްޓުވުމަށާއި، 2030 ވަނަ އަހަރާ ހަމައަށް އެކަން އިއާދަކުރުމަށްޓަކައި، ބޭނުންވާ މާލީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް، ވަގުތުން ވަގުތަށް އަދި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހުމުގެ މުހިންމުކަން މި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450