Ads by Farudhun

ޚަބަރު

ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ އައުކުރުމުގެ މުއްދަތު އިތުރުކޮށްފި

ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ އައުކުރުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން. ފޮޓޯ: ޕީއެސްއެމް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 އޮކްޓޯބަރު 2026، 08:22

28 އޮކްޓޯބަރު 2026، 08:22

މިހާރު ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ ރެކޯޑްތައް އައުކުރުމަށް ދީފައިވާ މުއްދަތު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން 3 މަސްދުވަހަށް އިތުރުކޮށްދީފިއެވެ.

އެ ކޮމިޝަނުން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފުރުޞަތު އިތުރުކޮށްދީފައި ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވައިލާފައިވާ ނޫސްމަޖައްލާ ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ ދަށުންނެވެ. 

އެ ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ރެކޯޑްތައް އައުކުރުމަށް ދިން 6 މަސްދުވަހުގެ މުއްދަތު ހަމަވެފައި ވަނީ އިއްޔެއަށެވެ.

ނަމަވެސް، އެ މުއްދަތު އިތުރު ތިން މަސްދުވަހަށް އިތުރުކުރުމަށް ކޮމިޝަނުން ނިންމުމާ ގުޅިގެން، ރަޖިސްޓަރީ އައުކުރުމުގެ އެންމެ ފަހު ތާރީޚަކީ 28 ޖަނަވަރީ 2027 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 ކަމުގައި އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ނޫސްމަޖައްލާ ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކޮށްދޭ މުއްދަތަކީ، 5 އަހަރު ދުވަހެވެ. ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން އެ ރަޖިސްޓްރީ އައުކުރަން ހުށަހަޅަންވާނެ ކަމަށްވެސް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ނޫސް މަޖައްލާއެއްގައި ޝާއިއުކުރުން ހުއްޓާލާތާ 12 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ބާތިލުވާނެ ކަމަށްވެސް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450