Ads by Farudhun

ޚަބަރު

ގއ. ވިލިނގިލީގައި ސްޓެލްކޯގެ ޚިދުމަތްތައް ރަސްމީކޮށް ފަށައިފި

ގއ. ވިލިނގިލީގައި ސްޓެލްކޯގެ ޚިދުމަތްތައް ރަސްމީކޮށް ފަށައިފި

ގއ. ވިލިނގިލީގައި ސްޓެލްކޯގެ ޚިދުމަތްތައް ރަސްމީކޮށް ފެށުން. ފޮޓޯ: ސްޓެލްކޯ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 އޮކްޓޯބަރު 2026، 08:54

28 އޮކްޓޯބަރު 2026، 08:54

ގއ. ވިލިނގިލީގައި ސްޓެލްކޯއިން ކަރަންޓާއި ފެނާއި، ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް އެ ރަށުގައި ބާއްވައިފިއެވެ.

 އިއްޔެ އޮތް މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ ޗީފް ޓެކްނިކަލް އޮފިސަރ އަހުމަދު އިގްބާލްއެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ ފާތިމަތު ލީނާއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޡިރު ވިދާޅުވީ، ވިލިނގިއްޔަށް ދެވަނަ ފަހަރަށް ޚިދުމަތް ދިނުމުގެ ފުރުޞަތު ސްޓެލްކޯއަށް ލިބިގެންދިޔުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެއް އަޒުމެއްގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިތިބުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ.



ސަރުކާރު ހިންގުން ޚަރަދު ކުޑަކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ކަރަންޓާއި ފެނާއި، ނަރުދަމާގެ ޚިދުމަތްތައް ދިނުމަށް ފެނަކަ އުވާލާ ސްޓެލްކޯގެ ދަށަށް ޚިދުމަތްތައް ބަދަލު ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

އެގޮތުން، މި މަސައްކަތުގެ ދަށުން ސްޓެލްކޯއިން ދަނީ، ފެނަކައިގެ ދަށުން ކަރަންޓު ހިމެނޭހެން އަސާސީ ޚިދުމަތްތައް ދެމުން އައި ރަށްތަކުގެ އޮޕަރޭޝަންތަކާއި ރަސްމީކޮށް ހަވާލުވަމުންނެވެ. އެކުންފުނިން މިހާރު ވަނީ، ރާއްޖޭގެ އުތުރުން ހއ.އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާއި ހަވާލުވެފައެވެ. އަދި ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީގެ ކަރަންޓު ޚިދުމަތާއި ވެސް އެކުންފުނިން ވަނީ ރަސްމީކޮށް ހަވާލުވެފައެވެ.                         

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450