Ads by Farudhun

ޚަބަރު

ނަސްރުގެ ދުވަހުގެ ފަރިތަކުރުންތަކަށް ޖުމްހޫރީ މައިދާން ސަރަޙައްދު ބަންދުކުރަނީ

ނަސްރުގެ ދުވަހުގެ ފަރިތަކުރުންތަކަށް ޖުމްހޫރީ މައިދާން ސަރަޙައްދު ބަންދުކުރަނީ

ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގޭ ފާރުން ފޫދުއްވާލި ތަންކޮޅުގައި ހަދާފައިވާ ހަނދާނީ މޮނިޔުމެންޓު.

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 އޮކްޓޯބަރު 2026، 09:26

28 އޮކްޓޯބަރު 2026، 09:26

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދުގެ މަގުތަކާއި ފަޅުތެރެ ވަކި ވަގުތުތަކެއްގައި އާންމު ދަތުރުފަތުރަށް ބަންދުކުރަން ނިންމައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޫބަރު 28 އިން ފެށިގެން 2026 ނޮވެމްބަރު 2 ގެ ނިޔަލަށެވެ. މި ދުވަސްތަކުގައި ފަރިތަކުރުންތައް ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން 18:00 އަށެވެ.

މި ވަގުތުތަކުގައި ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދުގެ ކަނޑައެޅިފައިވާ މަގުތަކާއި އެ ސަރަޙައްދުގެ ފަޅުތެރެ އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ބަދަލުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި، މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.



މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި  މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3 ވަނަ ދުވަހުގެ ފަތިހު، ސިފައިން ބައިވެރިވެގެން އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާޢަތުގައި ކުރާ ފަތިސް ނަމާދުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450