Ads by Farudhun

ޚަބަރު

ނ. ފޮއްދޫ ބަނދަރު މަޝްރޫޢު: އާރްސީ ކީ-ވޯލް އެތުރުމުގެ މަސައްކަތް ފަށައިފި

ނ. ފޮއްދޫ ބަނދަރު މަޝްރޫޢު: އާރްސީ ކީ-ވޯލް އެތުރުމުގެ މަސައްކަތް ފަށައިފި

ފޮއްދޫ ބަދަރުގެ މަސައްކަތް - ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 އޮކްޓޯބަރު 2026، 09:57

28 އޮކްޓޯބަރު 2026، 09:57

ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން، އާރްސީ ކީ-ވޯލް ޔުނިޓްތައް އެތުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. 

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢަކީ 53،754،575.40 ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން އަލަށް ހަދާ ބަނދަރު ފުންކުރުމާއި، 460 މީޓަރުގެ ސަރަޙައްދެއްގައި ކީ-ވޯލް (ވާޓަރު) ޖެހުމާއި، ވެލި އެޅި ބޭރުތޮށި (ސޭންޑް ފިލްޑް) ހެދުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ބަނދަރު ސަރަޙައްދުގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. އަދި ބޭރުތޮށްޓާ އިންވެގެން ޑިންގީ ފަދަ ކުދި އުޅަނދުފަހަރު އެޅުމަށް 150 މީޓަރުގެ ޖެޓީއެއް ހެދުމާއި، ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ގޮތުން ވައި-ގްރޮއިންއެއް ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.



ފޮއްދޫގައި އެކަށީގެންވާ ރަނގަޅު ބަނދަރެއް ނެތުމަކީ އެ ރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ. މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރައްޔިތުންނާ ބައްދަލުކުރައްވައި، ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެ ދުވަހު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްކާތެރި ބަނދަރެއް ނެތުމުގެ ސަބަބުން ފޮއްދޫ ރައްޔިތުން ހިތާމަވެރި އެތައް ހާދިސާއަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ އެކަމަށް ދާއިމީ އަދި ރައްކާތެރި ހައްލެއް ހޯދައިދިނުން ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450