ޚަބަރު
2027 ގެ ބަޖެޓު: ޒުވާނުންނަށް ހާއްސަ އެސްއެމްއީ ސްޓާޓްއަޕް ފަންޑެއް ހިމަނަނީ
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު، ޙަސަން ޒަރީރު
ދިވެހި ޒުވާނުންނަކީ ވަޒީފާ ހޯދާ މީހުންގެ ބަދަލުގައި ވަޒީފާ އުފައްދާ ބަޔަކަށް ހެދުމަށް ޓަކައި، އެސް.އެމް.އީ ސްޓާޓްއަޕްތަކަށް ބޭނުންވާ ފަންޑު ފޯރުކޮށްދިނުން 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމެނިފައިވާނެކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު، ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ވަޒީރު ދެއްކެވި ވާހަކަފުޅުގައި، މިއީ އަމިއްލަ ފައިމައްޗަށް ތެދުވާ، އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދުގެ މައިބަދަ ކަމަށްވާއިރު، ކޮންމެ ކުޑަ ވިޔަފާރިއެއްގެ ފަހަތުގައި ހުންނާނީ، އުޖާލާ މުސްތަޤުބަލެއް ބިނާކުރުމުގެ ނިޔަތުގައި، އަދި ރާއްޖޭގެ އިޤްތިސާދުގެ ދުވެލި ހަލުވިކޮށްދޭނެ އަޒުމެއްގައި ހުރި ދިވެއްސެއް ކަމަށެވެ.
އެހެންކަމުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެ، ޓެކުހަށް ކޮމްޕްލައިވުމަށް ކުރިމަތިވާ ބުރަ ލުއިކޮށްދިނުމަށާއި، އެ ވިޔަފާރިތައް ކުރިއަރައި، އިގުތިސާދުގައި އެ ފަރާތްތަކުގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި، 01 ޖަނަވަރީ 2027 އިން ފެށިގެން އަމަލުކުރާގޮތަށް، ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ނިންމަވާ ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އިއުލާނު ކުރައްވާފައިކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދިވެހި ޒުވާނުންނަކީ ވަޒީފާ ހޯދާ މީހުންގެ ބަދަލުގައި ވަޒީފާ އުފައްދާ ބަޔަކަށް ހެދުމަށްޓަކައި، އެސް.އެމް.އީ ސްޓާޓަޕް ތަކަށް ބޭނުންވާ ފަންޑު ފޯރުކޮށްދިނުން މި ބަޖެޓުގައި ހިމެނޭ. މިއީ އަމިއްލަ ފައިމައްޗަށް ތެދުވާ، އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް."
ވަޒީރު ވިދާޅުވިއެވެ.
ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ވަޒީރު ދެއްކެވި ވާހަކަފުޅުގައި، މި މަޤްޞަދު ޙާޞިލުކުރުމަށް ޓަކައި 2027 ވަނަ އަހަރަކީ 'ވިޒިޓް މޯލްޑިވްސް އަހަރު' ގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ހާމަކުރެއްވިއެވެ.