Ads by Farudhun

ޚަބަރު

2027 ވަނަ އަހަރު 'ވިޒިޓް މޯލްޑިވްސް އަހަރު' ގެ ގޮތުގައި ފާހަގަކޮށް، ފަތުރުވެރިންގެ އަދަދު އިތުރުކުރަން އަމާޒު ހިފަނީ

2027 ވަނަ އަހަރު 'ވިޒިޓް މޯލްޑިވްސް އަހަރު' ގެ ގޮތުގައި ފާހަގަކޮށް، ފަތުރުވެރިންގެ އަދަދު އިތުރުކުރަން އަމާޒު ހިފަނީ

މާލީ ވަޒީރު..

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

29 އޮކްޓޯބަރު 2026، 04:03

29 އޮކްޓޯބަރު 2026، 04:03

ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލީގެ މައި ހަކަތައަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމުގައިވެފައި، ކުރިއަށް އޮތް 2027 ވަނަ އަހަރު ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ފަތުރުވެރިކަމުން ލިބޭ އާމްދަނީ ވަރުގަދަކޮށް، އޭގެ މަންފާ ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ވަޒީރު ދެއްކެވި ވާހަކަފުޅުގައި، މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި 2027 ވަނަ އަހަރަކީ 'ވިޒިޓް މޯލްޑިވްސް އަހަރު' ގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ހާމަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، އަންނަ އަހަރު ރާއްޖެއަށް އާންމު އުޞޫލުން ގާތްގަނޑަކަށް 2.28 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭއިރު، 'ވިޒިޓް މޯލްޑިވްސް އަހަރު' ގެ ޚާއްޞަ ހަރަކާތްތަކުގެ ސަބަބުން އިތުރު ދެ ލައްކަ ފަތުރުވެރިން ގެނެވި، ޖުމްލަ 2.5 މިލިއަން ފަތުރުވެރިންގެ އަމާޒަކަށް ވާސިލުވުމަށް ވަނީ ރޭވިފައިކަމަށް ވަޒީރު ވިދާޅުވިއެވެ.

މި އަމާޒު ކާމިޔާބުކުރެވޭނީ ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ ބައިވެރިން ގުޅިގެން ކުރާ މަސައްކަތުންކަން ފާހަގަކުރައްވަމުން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، އެއާލައިންތައް އަދި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، އޮފް-ޕީކް ސީޒަންގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށާއި، ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތަކުގެ ޢަދަދު އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައިކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450