Ads by Farudhun

ޚަބަރު

މޯލްޑިވިއަންއިން ލަގްޒަރީ އުދުހުންތަކަށް ހާއްސަ ބޯޓެއް ގެނެސްފި

މޯލްޑިވިއަންއިން ލަގްޒަރީ އުދުހުންތަކަށް ހާއްސަ ބޯޓެއް ގެނެސްފި

މޯލްޑިވިއަންެއަށް އަލަށް ގެނައި ބޯޓު / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

02 ނޮވެމްބަރު 2026، 08:03

02 ނޮވެމްބަރު 2026، 08:03

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންއިން ލަގްޒަރީ އުދުހުންތަކަށް ހާއްސަ މަތިންދާބޯޓެއް ރާއްޖެ ގެނެސް، އެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވެއްޖެއެވެ. ޤައުމީ އެއާލައިނުގެ ފްލީޓަށް އަލަށް އިތުރުކުރި މި ބޯޓަކީ "ކިންގް އެއާ 360" މަރުކާގެ ބޯޓެކެވެ.

މިއީ ޤައުމީ އެއާލައިނުން މި މަރުކާގެ ބޯޓެއް މެދުވެރިކޮށް ލަގްޒަރީ އުދުހުންތައް ފަށާ ފުރަތަމަ ފަހަރެވެ. މި ޚާއްޞަ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ނިލާ ކޮރެލްސްއާ ގުޅިގެންނެވެ.

މޯލްޑިވިއަންގެ ފްލީޓަށް މި ބޯޓު ގެނައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމު ވިދާޅުވީ، މޯލްޑިވިއަންއަށް ލިބޭ ރިކުއެސްޓުތަކުގެ ތެރޭގައި ރޭގަނޑު އަންނަ ފަސިންޖަރުންނަށް، ހާއްސަކޮށް ލަގްޒަރީ ޓޫރިޒަމްގެ ތެރެއިން އަންނަ ފަތުރުވެރިންނަށް ދެވޭނެ ފަދަ ފުރިހަމަ ޚިދުމަތްތައް ހޯދުމަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ. އަދި މި ބޯޓު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ އެފަދަ ޚިދުމަތްތަކަށް އޮތް ޑިމާންޑަށް އެކަށީގެންވާ ޙައްލެއް ހޯދައިދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަލީ ސަލީމު އިތުރަށް ވިދާޅުވީ، މިއަދު ފްލީޓަށް އިތުރުކުރެވުނު މި ބޯޓާއެކު ފަތުރުވެރިންނާއި މި ދާއިރާގެ ހިއްސާދާރުން ބޭނުންވާ ފެންވަރަށް ޚިދުމަތް ދެވިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކަށް ކުރާ ދަތުރުތަކުގައި މި ބޯޓު ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޚިދުމަތް ރާއްޖޭގެ ހުރިހާ ވިޔަފާރި ކުންފުނިތަކަަށް ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ. އަދި އަމިއްލަ ފަރުދުންނާއި، ޖަމާއަތްތަކަށްވެސް މި ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ. އެހެންމަ ރިސޯޓުތަކާއި، ކުންފުނިތަކާއި، ކުލަބް ޖަމްޢިއްޔާތަކާއި މި ހުރިހާ ތަނަކުންވެސް މި ލަގްޒަރީ ޕްރޮޑަކްޓް ބޭނުންކުރަމުން ދިއުމަކީ ގައުމަށް އަދި ގައުމީ އެއާލައިނަށްވެސް ލިބިގެންދާ ފަހުރަކާއި ޝަރަފަކަށް ވެގެންދާނެ.

ޑީއެމްޑީ ވިދާޅުވިއެވެ.

މި އައު ބޯޓު ފަރުމާކޮށްފައިވަނީ 8 ފަސިންޖަރުންގެ ޖާގައާއެކު، ފަތުރުވެރިކަމުގެ ލަގްޒަރީ އަދި ވިޔަފާރީގެ ދަތުރުފަތުރުގެ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ.

މޯލްޑިވިއަނުން ހާމަކުރި ގޮތުގައި، މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ "ނިލާ ކޮރަލް އައިލެންޑް"އަށް ޚާއްޞަ އެއާ ޓްރާންސްފާ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޕްރައިވެޓް ޗާޓަރު ދަތުރުތައް ކުރުމަށްވެސް މި ބޯޓު ލިބެން ހުންނާނެ ކަމަށް އެ އެއާލައިނުން މަޢުލޫމާތުދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450