Ads by Farudhun

ޚަބަރު

ޔޫޕީއާރުގެ ވަރކިންގ ގްރޫޕުގެ 53 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

ޔޫޕީއާރުގެ ވަރކިންގ ގްރޫޕުގެ 53 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާ / ފޮޓޯ: ޕީޢެސްއެމް

farudhun logo

ފަރުދުން

02 ނޮވެމްބަރު 2026، 09:53

02 ނޮވެމްބަރު 2026، 09:53

އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ވަރކިންގ ގްރޫޕުގެ 53 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ސްވިޒަލެންޑްގެ ޖެނީވާގައި ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި، އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ދަށުން ޤާއިމުކޮށްފައިވާ ޔޫޕީއާރު ވަރކިންގ ގްރޫޕުން 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ވަޒަންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންގައި ރިވިއުކުރުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ތެރޭގައި ސުރިނާމް، ސަމޯއާ، ހަންގެރީ، ތަޖިކިސްތާން، އެންޓިގާ އެންޑް ބާބުޑާ، ގްރީސް، ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނެޑީންސް، ޕަޕުއާ ނިއު ގިނީ، ޓެންޒޭނިއާ، އެސްވަޓީނީ، ޓްރިނިޑާޑް އެންޑް ޓޮބޭގޯ، އަޔަރލެންޑް، ތައިލޭންޑް އަދި އެމެރިކާ ހިމެނެއެވެ.

މި ސެޝަންގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވަނީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. މީގެ އިތުރުން، މި ވަފުދުގައި ކައުންސެލަރ އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، އަދި ސެކަންޑް ސެކްރެޓަރީ ޢާއިޝަތު ރަޔާޙީން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ޔޫޕީއާރު އަކީ އދ. ގެ މެމްބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ދެނެގަނެ، އެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް ވަޒަންކުރުމަށް ޤާއިމުކޮށްފައިވާ މުހިންމު ނިޒާމެކެވެ. މި ނިޒާމުގެ ތެރެއިން، ރިވިއު ކުރެވޭ ޤައުމުތަކުގައި އިންސާނީ ޙައްޤުތައް ތަންފީޒުކުރުމުގައި އިތުރަށް ހަރުދަނާކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބިނާކުރަނިވި އިސްލާޙުތަކާއި ލަފާތައް ހުށަހެޅުމުގެ ފުރުޞަތު އެހެން މެންބަރު ޤައުމުތަކަށް ލިބިގެންދެއެވެ. ރާއްޖެއިން އަބަދުވެސް އަންނަނީ މިފަދަ ބައިނަލްއަޤްވާމީ މަންސަތަކުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް އެއްބާރުލުން ދެމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450