Ads by Farudhun

ޚަބަރު

ޑޮލަރުގެ ދަތިކަން މިހާރު ބޮޑުވެފައިވާ ކަމަށް ކުރާ ތުހުމަތަކީ ދޮގު ތުހުމަތެއް: ވަޒީރު ސަޢީދު

ޑޮލަރުގެ ދަތިކަން މިހާރު ބޮޑުވެފައިވާ ކަމަށް ކުރާ ތުހުމަތަކީ ދޮގު ތުހުމަތެއް: ވަޒީރު ސަޢީދު

ވަޒީރު މުޙައްމަދު ސަޢީދު ރައްޔިތުންގެ މަޖިލީހުގައި. ފޮޓޯ: މަޖިލިިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ނޮވެމްބަރު 2026، 10:50

04 ނޮވެމްބަރު 2026، 10:50

ކުރީ ސަރުކާރާ އަޅާބަލާއިރު ރަސްމީ ރޭޓުގައި ދޫކުރި ޑޮލަރުގެ އަދަދު 80 އިންސައްތަ އިތުރުކޮށްފައިވާ ކަމަށާއި، އެހެންކަމުން ޑޮލަރުގެ ދަތިކަން މިހާރު ބޮޑުވެފައިވާ ކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ ދޮގެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކުރަން އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ޖަވާބުދާރީވެވަޑައިގަންނަވަމުން މިނިސްޓަރު ވިދާޅުވީ، ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓާ ބެހޭ ސިޔާސަތުތައް ކަނޑައެޅުން ގާނޫނުން ލާޒިމުކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އޭނާއާ ސުވާލު އަމާޒުކުރާތީ ޖަވާބު ދެއްވަނީ ކަމަށް ވިދާޅުވެ، ޑޮލަރު ދޫކުރި މިންވަރުގެ ތަފާސްހިސާބުތައް މަޖިލީހާ ހިއްސާކުރެއްވިއެވެ.

އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރުން ފެށިގެން ނޮވެމްބަރު 17، 2023 ގެ ނިޔަލަށް ރަސްމީ ރޭޓުން ދޫކޮށްފައި ވަނީ 1.75 ބިލިއަން ޑޮލަރު ކަމަށާއި، މި ސަރުކާރުގެ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ރަސްމީ ރޭޓުގައި 1.9 ބިލިއަން ޑޮލަރު (1.942.45 މިލިއަން ޑޮލަރު) ދޫކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި 2024 ވަނަ އަހަރު ރަސްމީ ރޭޓް ކަމަށްވާ 15.42 ގައި 483.53 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، 2025 ވަނަ އަހަރު ވިޔަފާރިތަކުގެ ޓީޓީ އާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި ބޭސްފަރުވާއަށް 733.82 މިލިއަން ޑޮލަރު ދޫކުރިއެވެ. އަދި ހިނގާ 2026 ވަނަ އަހަރުގެ މިހާތަނަށް 718.53 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށާއި، ކުރީ ސަރުކާރާ އަޅާބަލާއިރު މިއީ މަހަކަށް ބަލާއިރު 97 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި މިންވަރަށް ޑޮލަރު ދޫކުރެވުނީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކި މިންވަރެއް މާރުކުރަން މަޖުބޫރުކުރުން ފަދަ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ސައީދު ވިދާޅުވިއެވެ. މީގެ އިތުރުން އިތުބާރު ނެތް މައްސަލާގައި ކޮށްފައިވާ އެހެން ތުހުމަތުތަކަށް ވެސް އޭނާ ރައްދު ދެއްވިއެވެ.

މި މައްސަލައިގައި ޖަވާބުދާރީވެވަޑައިގަންނަވަން މަޖިލީހުގެ އާންމު ކޮމިޓީން ސައީދަށް އެއް ގަޑިއިރުގެ ފުރުސަތެއް ދިން އިރު، ބަހުސްގެ މަރުހަލާގައި މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންނަށް 38 މިނެޓް އަދި މައްސަލަ ހުށަހެޅި އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ދީފައިވަނީ ނުވަ މިނެޓެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450