Ads by Farudhun

ޚަބަރު

މަސްވެރިންގެ ދުވަހުގެ ހާއްސަ އެވޯޑުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

މަސްވެރިންގެ ދުވަހުގެ ހާއްސަ އެވޯޑުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

ދިވެހި މަސްދޯންޏެއް. ފޮޓޯ:ތެދަމަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ނޮވެމްބަރު 2026، 12:05

04 ނޮވެމްބަރު 2026، 12:05

މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދިނުމަށް ނިންމާފައިވާ ހާއްސަ އެވޯޑުތަކަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.

ރާއްޖޭގައި ކޮންމެ އަހަރަކުވެސް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ޑިސެމްބަރު 10 ވަނަ ދުވަހެވެ. މި އަހަރުގެ މަސްވެރިންގެ ދުވަހު ޖުމްލަ ހަތަރު ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ކަނޑައަޅައިފައެވެ. އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ސުންގަޑި މިހާރު ވަނީ ނޮވެންބަރު 7 ވާ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އިތުރުކޮށްފައެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހު ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ:

އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅު: މިހާރުވެސް މަސްވެރިކަމުގައި ހަރަކާތްތެރިވާ، އަދި އާމްދަނީ ހޯދުމަށް މަސްވެރިކަން ފިޔަވައި އެހެން މަސައްކަތެއް ނުކުރާ އުމުރުން 35 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަ އެވޯޑު.
އެންމެ ތަޖުރިބާކާރު ކެޔޮޅު: އުމުރުން 35 އަހަރުން ދަށުގެ ޒުވާނުންގެ ތެރެއިން، މަސްވެރިކަމުގައި އަމަލީ ގޮތުން މިހާރުވެސް ހަރަކާތްތެރިވާ އަދި އެ މަސައްކަތް ނޫން އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށް ހާއްސަ އެވޯޑު.
އެންމެ ހިދުމަތްތެރި ފަރުމަހު މަސްވެރިޔާ: އާމްދަނީ ހޯދުމަށް ފަރުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ތެރެއިން އެ މަސައްކަތުގައި އެންމެ ފާހަގަކޮށްލެވޭ ފަރާތަކަށް ދޭ އެވޯޑު.
އެންމެ ހިދުމަތްތެރި އަންހެން މަސްވެރިޔާ: އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ، އާމްދަނީ ހޯދުމަށް އެ މަސައްކަތްކުރާ އަންހެނުންނަށް ދޭ އެވޯޑު.

މި އެވޯޑުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު އެ ވުޒާރާގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ފޯމު ފުރިހަމަކުރުމަށްފަހު، އެ ވުޒާރާގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450