ދުނިޔެ

އެމެރިކާގެ މިޑްޓާމް އިންތިޚާބާއެކު ހަނގުރާމައިގެ ބިރު ކުޑަވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް

އެމެރިކާގެ މިޑްޓާމް އިންތިޚާބާއެކު ހަނގުރާމައިގެ ބިރު ކުޑަވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް

ތެޔޮ ރައްކާކުރާ އޮއިލް ރިގެއް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 ނޮވެމްބަރު 2026، 11:09

05 ނޮވެމްބަރު 2026، 11:09

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން، އެމެރިކާ އަދި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިތުރަށް ފުޅާވެގެން ދިއުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ބެލެވުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވިދިވިދިގެން ހަތަރުވަނަ ދުވަހަށް ދަށަށް ގޮސްފިއެވެ.

މާކެޓްގެ އަގުތަކަށް ބަލާއިރު، ބްރެންޓް ފިއުޗާސްގެ އަގު 97 ސެންޓް ނުވަތަ 1.03 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ހުރީ 93.65 ޑޮލަރުގައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ކްރޫޑްގެ އަގު 1.14 ޑޮލަރު ނުވަތަ 1.29 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 86.98 ޑޮލަރަށް ވެއްޓިފައެވެ. 

މި ދެ ބެންޗްމާކްގެ އަގު ވެސް ކުރީގެ ސެޝަނުގައި 8 އިންސައްތައަށް ވުރެ ބޮޑަށް ވެއްޓިފައިވާއިރު، މިއީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅަށް ފަހު ތެލުގެ އަގުތައް މި މިންވަރަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

މެދުއިރުމަތީގެ ސަރުކާރުތަކުގެ އިސްވެރިންނާއި ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑިމޮކްރެޓުންގެ ކޮންޓްރޯލް އޮތް ކޮންގްރެސްއެއް އޮތުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަސްކަރީ ބާރުތައް ހަނިވެގެންދާނެ ކަމެކެވެ. މީގެ ސަބަބުން ތެހެރާނާއެކު އެއްބަސްވުމަކަށް އައުމަށް އެމަނިކުފާނަށް ބާރުއެޅި، އީރާނަށް ފުރިހަމަ އަސްކަރީ ހަމަލާއެއް ދިނުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

މާކެޓް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި މައްސަލައަށް ސުލްހަވެރި ހައްލެއް ލިބުމަކީ ހަނގުރާމައިގެ ސަބަބުން ބުރޫއަރާފައިވާ މެދުއިރުމަތީގެ ތެލުގެ ސަޕްލައި އަލުން އިއާދަވުމަށް މަގުފަހިވާނެ ކަމެކެވެ. އެހެންނަމަވެސް، މި ސަރަހައްދުގެ މަސްރަޙުގެ ކުރިމަގު އަދިވެސް އޮތީ ބޮޑު ނޭނގުމެއްގެ ތެރޭގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450