ދުނިޔެ

އީރާނުގެ ސެކިއުރިޓީ ޗީފް ޕޫޓިންއާ ބައްދަލުކުރައްވައި ޚާމަނާއީގެ ސިޓީފުޅެއް އަރުވައިފި

އީރާނުގެ ސެކިއުރިޓީ ޗީފް ޕޫޓިންއާ ބައްދަލުކުރައްވައި ޚާމަނާއީގެ ސިޓީފުޅެއް އަރުވައިފި

ޕޫޓިން އަދި ރެޒާއީ. ފޮޓޯ: އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ނޮވެމްބަރު 2026، 10:09

06 ނޮވެމްބަރު 2026، 10:09

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ޑިޕްލޮމެޓިކް މަސައްކަތްތައް އަވަސްވަމުންދާ ދަނޑިވަޅެއްގައި، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ ސެކްރެޓަރީ މުހުސިން ރިޒާއީ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާ މޮސްކޯގައި ބައްދަލުކުރައްވައި ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމުގައި، އީރާނުގެ ސްޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީގެ ފަރާތްޕުޅުން ޕޫޓިންއަށް ފޮނުއްވި ސިޓީފުޅެއް ރިޒާއީ ވަނީ އަރުވާފައެވެ. ނަމަވެސް އެ ސިޓީފުޅުގައި ހިމެނޭ ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. މި ދަތުރުފުޅަކީ މީގެ މަހެއްހާ ދުވަސް ކުރިން ރޭވި ދަތުރުފުޅެއް ނަމަވެސް، ސަރަހައްދުގެ އަސްކަރީ ހާލަތާ ގުޅިގެން ކުރަންޖެހުނު މަޝްވަރާތަކާ ހުރެ ލަސްވި ދަތުރުފުޅެއް ކަމަށާއި، މި މެސެޖު ވީ އެންމެ އަވަހަކަށް ޕޫޓިންއަށް ރައްދުކުރުމަށް ޚާމަނާއީ ބޭނުންފުޅުވި ކަމަށް ރިޒާއީ ވިދާޅުވިއެވެ.

ބައްދަލުވުމަށްފަހު ވާހަކަދައްކަވަމުން ރިޒާއީ ވިދާޅުވީ، މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވުނީ ސަރަހައްދީ ސަލާމަތީ އިންތިޒާމުތަކަށާއި، އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ އުދުވާން ހުއްޓުވުމުގައި ރަޝިޔާގެ އެއްބާރުލުން ހޯދުމަށެވެ. މީގެއިތުރުން ހަނގުރާމައަށްފަހު ސަރަހައްދުގެ ސަލާމަތީ ކަންކަން ބައްޓަންކުރާނެ ގޮތްތަކާއި، ރަޝިޔާއިން އީރާނަށް ގޭސް ހޮޅި އެޅުން ފަދަ ހަކަތައިގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ޕޫޓިންއާ އެކު ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ކުރިން ބުދަ ދުވަހު ޚާމަނާއީ ނެރުއްވި ބަޔާނެއްގައި، އެމެރިކާއަށް ބޯލެނބުމުގެ ކުޑަވެސް ވިސްނުމެއް ގެންގުޅެގެން ނުވާނެ ކަމަށް ވިދާޅުވެ، ދިފާއީ ގޮތުން ފުރިހަމަ ބާރަކަށް ވުމަށްޓަކައި އީރާނަކީ ކުރިއަށްވުރެ ވަރުގަދަ ގައުމަކަށް ވާންޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރިޒާއީ ޕޫޓިންއާ ބައްދަލުކުރެއްވި ދަނޑިވަޅަކީ، އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު އެ ގައުމުން އަލުން ހަމަލާތައް ފަށައިފާނެ ކަމުގެ ބިރު އޮތުމާއެކު، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގަތަރުން އިސްނަގައިގެން ސުލްހައިގެ މަސައްކަތްތައް ވަރުގަދަކޮށްފައިވާ ވަގުތެކެވެ. އަންގާރަ ދުވަހު ބޭއްވި އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ވަނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަދި ސެނެޓުގެ އަޣުލަބިއްޔަތު ގެއްލިފައެވެ. އެއީ އީރާން ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާތީ އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަމުގެ ސަބަބުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450