Ads by Farudhun

ޚަބަރު

އެސްއެމްއީ ޑިޖިޓަލްގެ 3 ފެސިލިޓީއެއްގެ ލިމިޓް 10 މިލިއަނަށް އިތުރުކޮށްފި

އެސްއެމްއީ ޑިޖިޓަލްގެ 3 ފެސިލިޓީއެއްގެ ލިމިޓް 10 މިލިއަނަށް އިތުރުކޮށްފި

އެސްއެމްއީ ޑިޖިޓަލްގެ އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 ނޮވެމްބަރު 2026، 01:07

05 ނޮވެމްބަރު 2026، 01:07

ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ބޭނުންތަކަށް އެންމެ އެކަށޭނެ ފައިނޭންސް ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްގެ 3 ފައިނޭންސިންގ ފެސިލިޓީއަކަށް ކަނޑައަޅާފައިވާ ލިމިޓް 10 މިލިއަނަށް އިތުރުކޮށްފިއެވެ.

ފައިނޭންސިންގ ލިމިޓް އިތުރުކޮށްފައި ވަނީ މުޅިން އަލަށް ވިޔަފާރި ފެށުމަށް އަދި ހިނގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް ފައިނޭންސް ދޫކުރާ، އެސެޓް ފައިނޭންސިންގ، ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ އަދި ވެސެލް ފައިނޭންސިންގއެވެ.

ކުރިން 5 މިލިއަނަށް ފޯރުކޮށްދެމުން އައި މި ފައިނޭންސިންގެ ލިމިޓްތައް 10 މިލިއަނަށް އިތުރުކޮށްފައި ވަނީ ރާއްޖޭގެ ކުދި ވިޔަފާރިތައް ހަލުވިކަމާއިއެކު ކުރިއަރަމުން އަންނަ އިރު، އެ ވިޔަފާރިތަކުގެ ފައިނޭންސިންގ ޑިމާންޑްތަކާއި ބައްދަލުކޮށް ފުރުސަތު ފަހި ކުރުމުގެ ގޮތުން ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވެއެވެ.

ލިމިޓް 10 މިލިއަނަށް އިތުރުކޮށްފައިވާ ފެސިލިޓީތައް:

  • އެސެޓް ފައިނޭންސިންގ: ވިޔަފާރި މުޅިން އަލަށް ފަށަން އަދި މިހާރުވެސް ހިނގަމުންދާ ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ގަތުމަށް
  • ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ: 2 އަހަރު ވެފައިވާ ވިޔަފާރިތައް ފުޅާކުރުމަށް ކެޕިޓަލް އިންވެސްޓްމަންޓްތަކަށް ހަރުދުކުރުމުގެ އިތުރުން އާ މަކެޓްތަކަށް ވަނުމަށާއި އިތުރު އާމްދަނީ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމަށް
  • ވެސެލް ފައިނޭންސިންގ: މުޅިން އަލަށް އަދި ހިނގަމުންދާ ވިޔަފާރިތަކަށް އުޅަނދު ގަތުމަށް އަދި ބަނުމުގެ އިތުރުން އުޅަނދުގައި އިންޖީނު އެޅުން ފަދަ ބޭނުންތަކަށް (މީގެ ތެރޭގައި ޑައިވް ދޯނި، ސްޕޯޓްސް ފިޝިން އަދި އެކްސްކާޝަންގެ ހޯދުމުގެ އިތުރުން މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުތަކަށް ފައިނޭންސް ކޮށްދޭ)

ރާއްޖޭގެ ހަރަކާތްތެރިވާ ވިޔަފާރިތަކުން އެ ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ބޭނުންވެފައިވާ އިރު، އެ ވިޔަފާރީގެ ބޭނުންތަކަށް އެކަށޭނެ މިންވަރަށް ފައިނޭންސިންގ ފުރުސަތުތައް ފަސޭހައިން ލިބެން ހުރުމަކީ ވިޔަފާރިތައް ކުރިއަރައިގެން ދިއުމަށް ލިބިގެންދާ ބާރެކެވެ.

މި ބަދަލާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، ފައިނޭންސިންގ ލިމިޓަކީ އެއްވެސް ވިޔަފާރިއެއްގެ ކުރިއެރުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށާއި، އެހެންކަމުން މިއީ ވިޔަފާރިތަކަށް ނުހަނު ބޭނުންތެރި ބަދަލެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި އެސްއެމްއީ ޑިޖިޓަލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ވިޔަފާރިތަކުގެ ބޭނުންތަކަށް ފައިނޭންސް ފޯރުކޮށްދީ، އެ ވިޔަފާރިތައް ދެން އޮތް ހަރުފަތަށް ގެންގޮސްދިނުމުގައި އެހީތެރިވެދޭ ބައިވެރިއެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ފައިނޭންސިންގ ފުރުސަތުތަކަށް އެދުމަށް އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓު www.smedigital.mvގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށެހެޅޭނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450