Ads by Farudhun

ޚަބަރު

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް ނެގި 48 ބިމެއް ގަތުމުގެ ފުރުޞަތު ހުޅުވާލައިފި

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް ނެގި 48 ބިމެއް ގަތުމުގެ ފުރުޞަތު ހުޅުވާލައިފި

މާލެ. ފޮޓޯ: ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 ނޮވެމްބަރު 2026، 01:54

05 ނޮވެމްބަރު 2026، 01:54

2011 ވަނަ އަހަރު ހިންގި "ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތަކުގެ ތެރެއިން މާލެއާއި ވިލިނގިލިން ޖުމްލަ 48 ބިމެއް ގަތުމުގެ ފުރުސަތު ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި އުސޫލުގެ ދަށުން ބިންތައް ގަންނަން ޝައުގުވެރިވާ، އެބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް 08 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުން ފެށިގެން އެ ފުރުސަތު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

ވިއްކުމަށް އިއުލާނުކޮށްފައިވާ ބިންތަކުގެ ތަފުސީލު:

  • ޖުމްލަ ބިމުގެ އަދަދު: 48 ބިން
  • ވިއްކާ އަގު އަކަފޫޓަކަށް 2,000 ރުފިޔާ

 އަވަށްތަކަށް ބަލާއިރު ބިންތައް ބެހިފައިވާ ގޮތް:

  • މާފަންނު: 21 ބިން
  • މައްޗަންގޯޅި: 10 ބިން
  • ގަލޮޅު: 7 ބިން
  • ހެންވޭރު: 9 ބިން
  • ވިލިނގިލި: 1 ބިން

މި ބިންތައް ވިއްކުމުގައި އަމަލުކުރާނީ 28 ޖޫން 2021 ގައި ގެޒެޓުކޮށްފައިވާ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލު" ގެ ދަށުންނެވެ.

ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހާއްސަ ފޯމާއި ބޭނުންވާ ލިޔެކިޔުންތަކާއެކު 08 ޑިސެންބަރު 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ވުޒާރާއަށް ހުށަހަޅަންޖެހެއެވެ.

އެޕްލިކޭޝަން ފޯމާއި ވިއްކާ ބިންތަކުގެ ޗާޓު 08 ނޮވެންބަރު 2026 އިން ފެށިގެން ވުޒާރާގެ ރިސެޕްޝަނުންނާއި ރަސްމީ ވެބްސައިޓުން (infrastructure.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450