Ads by Farudhun

ޚަބަރު

ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި

ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި

ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ނޮވެމްބަރު 2026، 05:54

11 ނޮވެމްބަރު 2026، 05:54

ޤައުމުގެ ކަންކަން ހަރުދަނާގޮތުގައި ހިންގުމަށާއި ސަރުކާރުގެ ސިޔާސަތުތައް ރަނގަޅު މިސްރާބަކަށް ގެންދިއުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދެއްވުމަށް ޚާއްޞަ މަޖިލީހެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އެކުލަވާލައްވައިފިއެވެ.

"ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް" ގެ ނަމުގައި އުފެއްދެވި މި މަޖިލީހަކީ ޤައުމަށް ދިމާވާ އެކި ކަންކަމާ ގުޅިގެން މަޝްވަރާ ހޯއްދަވަންޖެހޭ ޙާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް އެކުލަވާލެއްވި މަޖިލީހެކެވެ. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ޚުދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މި މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައި ޢިއްޒަތް ލިބިވަޑައިގެންފައިވާ 12 ބޭފުޅެކެވެ. އެ ބޭފުޅުންނަކީ:

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ކަމާލުއްދީން (މއ.އާނުވެލި)
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް (މ.ސިލްވަރކްލައުޑް)
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން (މއ.އުރަހަ)
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު (މ.ލޮނުވެލި)
ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް (ހ.ރާޅާހާ)
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ލަޠީފު (މއ.ކިނބި)
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ހ.މީރުބަހުރުގޭއާގެ)
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާޢީލް ޢަލީ (މ.މަޚްމާވިލާ)
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަސީމް (ހ.ހިކިފިނިފެންމާގެ)
ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ބަދުރުއްނަޞީރު (މއ.ވިލުވެލި)
ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އާދަމް ޢަބްދުއްރަޙްމާނު (އަލިމަސްގެ / ހއ.އުތީމު)
ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަޙްމަދު ޝާކިރު (މއ.ކަށިމާ)
މިފަދަ މަޝްވަރާ މަޖިލީހެއް އުފައްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ އިޢުލާން ކުރައްވާފައިވަނީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450