ޚަބަރު
ނަވާރަ ބުލެޓު ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހިފަހައްޓައިފި
ކަސްޓަމްސްގެ އޮޕަރޭޝަނެއްގެ ތެރެއިން / ފައިލް ފޮޓޯ
ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން، 19 ބުލެޓުގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނު ދިވެއްސަކު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައިފިއެވެ.
ކަސްޓަމްސްއިން ވިދާޅުވި ގޮތުގައި މި މައްސަލައިގައި އަތުލައިގެންފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ރާއްޖެ އައިސްފައިވަނީ ތައިލެންޑުންނެވެ. އޭނާ ހުއްޓުވައި ސުވާލުކުރީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކަސްޓަމްސް އޭރިއާއިން އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެންނެވެ.
އެގޮތުން، 24 އޮކްޓޯބަރު 2026 ވީ ދުވަހު އޭނާ ހުއްޓުވައި، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅޭކަމަށް ތުހުމަތުކުރެވިގެން އިތުރު ތަހުލީލުތައް ކުރިއެވެ. އަދި އޭނާގެ ހަށިގަނޑުން ވަނީ ޖުމްލަ 19 ބުލެޓް ފެނިފައެވެ.
މި ބުލެޓުތަކުގައި ހުރި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 284.9 ގްރާމް ހުއްޓެވެ. ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން ދައްކާ ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ 117.6 ގްރާމްގެ ކޮކެއިން އަދި 167.30 ގްރާމްގެ ސިންތެޓިކް ކެތިނޯންއެވެ.
މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، އެތަކެތި އެތެރެކުރަން އުޅުނު މީހާ މިހާރު ވަނީ އިތުރު ތަހުގީގަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.