Ads by Farudhun

ޚަބަރު

ގްރީން ފައިނޭންސާއި މާލީ ރައްކާތެރިކަމަށް ޚާއްޞަކޮށްގެން ފައިނޭންސް ފޯރަމް ފަށައިފި

ގްރީން ފައިނޭންސާއި މާލީ ރައްކާތެރިކަމަށް ޚާއްޞަކޮށްގެން ފައިނޭންސް ފޯރަމް ފަށައިފި

މޯލްޑިވްސް ފައިނޭންސް ފޯރަމް 2026. ފޮޓޯ: ޕެންޝަން އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

14 ނޮވެމްބަރު 2026، 12:40

14 ނޮވެމްބަރު 2026، 12:40

ގްރީން ފައިނޭންސާއި މާލީ ރައްކާތެރިކަމަށް ޚާއްޞަކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 މިއަދު ފަށައިފިއެވެ. މިއީ ރާއްޖޭގައި މި ފޯރަމް ބާއްވާ 13 ވަނަ ފަހަރެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މި ފޯރަމް މި އަހަރު ޚާއްޞަކޮށްފައި ވަނީ "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" މި ޝިއާރުގެ މައްޗަށެވެ. މި އަހަރުގެ ފޯރަމުގައި 130 އަށްވުރެ ގިނަ ބައިވެރިން ހިމެނޭ ކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ގްރީން ފައިނޭންސް މާކެޓު ތަރައްޤީކުރުމާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓުތައް ހޯދުމުގެ އިތުރުން، ޤައުމުގެ ދިގު މުއްދަތުގެ އިޤުތިޞާދީ އަދި މާލީ ރައްކާތެރިކަން ވަރުގަދަކުރުމެވެ.

މި ޝިއާރުގެ ދަށުން ރާއްޖޭގައި ގްރީން ފައިނޭންސް ކުރިއަރުވައި، ވިލުންވެރި ރައްކާތެރި އިޤުތިޞާދެއް ބިނާކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދާއިރާއިން ޢަމަލީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމުގެ މައްޗަށް ހޯދުންތަކާއި މަޢުލޫމާތުގެ އަލީގައި ބިނާކުރަނިވި އައު ޚިޔާލުތައް ބަދަލުކުރެވިގެންދާނެއެވެ.

ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަޤުވާމީ ތަޖުރިބާކާރުން މި ފޯރަމުގައި ބައިވެރިވެއެވެ. މީގެއިތުރުން ރާއްޖޭގެ އިޤުތިޞާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ މެދު ވެސް ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލުކުރާނެއެވެ.

ޕެންޝަން އޮފީހުން ފާހަގަކުރާ ގޮތުގައި، މެންބަރުންގެ ރިޓަޔަރމަންޓް ސޭވިންގްސް މެނޭޖުކޮށް ދިގު މުއްދަތަކަށް އިންވެސްޓްކުރާ މާލީ މުއައްސަސާއެއްގެ ހައިސިއްޔަތުން، ހަރުދަނާ އަދި ވިލުންވެރި އިޤުތިޞާދަކާއި ފުޅާ އިންވެސްޓްމަންޓް މާކެޓެއް ތަރައްޤީކުރުމަކީ އެ އޮފީހުގެ މަސައްކަތްތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. އަދި ގްރީން ފައިނޭންސްގެ ތެރެއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ފަހިވެ، ރާއްޖޭގެ ކެޕިޓަލް މާކެޓު ކުރިއެރުވުމަށް ބާރަކަށް ވެގެންދާނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރު ކަމަށްވާ ޕެންޝަން އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2026 ސެޕްޓެމްބަރު މަހުގެ ނިޔަލަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ފަންޑު ވަނީ 30.3 ބިލިޔަން ރުފިޔާއަށް އަރާފައެވެ. އަދި މި ސްކީމުގައި 204,549 މީހުން ބައިވެރިވެފައިވާއިރު، މެންބަރުންގެ ރިޓަޔަރމަންޓް ފައިސާގެ އަގު ހިފެހެއްޓުމަށްޓަކައި ވަރުގަދަ އަދި ދެމެހެއްޓެނިވި އިޤުތިޞާދެއް އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެ އޮފީހުން ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450