Ads by Farudhun

ޚަބަރު

ދާރުއްސަލާމް ވަގްފް އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތް ފަށައިފި

ދާރުއްސަލާމް ވަގްފް އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތް ފަށައިފި

ދާރުއްސަލާމް ވަގްފް އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތް ފެށުން/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

14 ނޮވެމްބަރު 2026، 06:49

14 ނޮވެމްބަރު 2026، 06:49

ދާރުއްސަލާމް ވަގްފް އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތް ފަށައިފިއެވެ.

އިސްލާމިކް އެފެއާޒް އެންޑް އެންޑޯމެންޓްސް މިނިސްޓްރީ އިން މިއަދު މައުލޫމާތު ދިންގޮތުގައި މި މަޝްރޫއުގެ ދަށުން ދާރުއްސަލާމްގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް ވަނީ ފަށާފައެވެ.

 މި އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ނިމުނު އަހަރުގެ ނޮވެންބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މި މަޝްރޫއުއަކީ 244 މިލިއަން ރުފިޔާ އަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އިސްލާމިކް މިނިސްޓްރީ އިން މީގެ ކުރިން މައުލޫމާތު ދިން ގޮތުގައި މި ވަގްފް އިމާރާތަކީ 13 ފަންގިފިލާއަށް  ޕާކިންގ ސަރަޙައްދެއް އެކުލެވޭގޮތަށް އިމާރާތްކުރާ ތަނެކެވެ. ކޮންފަރެންސް ހޯލަކާއި، ޒަމާނީ އޮފީސް ބައިތަކާއި، މީޓިން ރޫމްތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރިއެއް ވެސް މި އިމާރާތުގައި ހިމެނޭ ކަމަށް އެ މިނިސްޓްރި އިން ބުނެފައިވެ އެވެ. އަދި މި އިމާރާތުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ އިމާރާތެއް ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.

މި ވަގްފް އިމާރާތުން އަހަރަކު 60 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ކަމަށް ލަފާކުރާ ކަމަށް ވެސް އިސްލާމިކް މިނިސްތްރީ އިން ބުނެފައިވެއެވެ. އެ އާމްދަނީގެ 20 އިންސައްތަ ޒަކާތްހައުސް އަށް ޖަމާކުރުމަށް ނިންމާފައިވާއިރު 80 އިންސައްތަ ޖަމާކުރުމަށް ނިންމާފައިވަނީ ވަގްފް ފަންޑަށް ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.

މި ވަގްފް އިމާރާތަކީ ރައީސްގެ ރިޔާސީ ވައުދާއި އެއްގޮތަށް ރާއްޖޭގައި ވަގްފު ފަންޑު އިތުރަށް ފުޅާކުރުމަށާއި، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރު ކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި