ޚަބަރު
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މޫސުން ގޯސް ދުވަހެއްގައި މަގުމަތި/ ފޮޓޯ: ދިޔަރެސް
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ހުދު ސަމާލު ނެރެފިއެވެ.
އެ އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް، 10:30 އިން ފެށިގެން 16:30 އާ ހަމައަށެވެ. މި ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ އޮފީހުން ލަފާކުރެއެވެ.
Alert white for heavy rain, thunderstorms and gusts. https://t.co/lPHKj5zHf2
— Maldives Meteorology (@MetMaldives) November 15, 2026
މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާ ކަމަށް ވެސް ބުނެފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް މިއަދުގެ 16:30 އަށް ހުދު ސަމާލު ނެރެފައިވާއިރު، ށ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ރޭ ފަތިހު 4:30 އިން ހެނދުނު 10:30 އަށް ވެސް ހުދު ސަމާލު ނެރެފައިވެއެވެ.
ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި