Ads by Ministry of Arts, Culture and Heritage

ޚަބަރު

ވެކްސިން ރައްކާކުރާ މަރުކަޒުގެ އަމަލީ މަސައްކަތް ވަނީ ފެށިފައި: މިނިސްޓަރު ގީލާ

ވެކްސިން ރައްކާކުރާ މަރުކަޒުގެ އަމަލީ މަސައްކަތް ވަނީ ފެށިފައި: މިނިސްޓަރު ގީލާ

ވެކްސިން ޖަހައިދެނީ

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

17 ނޮވެމްބަރު 2026، 12:47

17 ނޮވެމްބަރު 2026، 12:47

ވެކްސިން ރައްކާކުރާ މަރުކަޒުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު ގީލާ މިހެން ވިދާޅުވީ އެމްއެމްޓީވީގެ އަރާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ގީލާ ވަނީ ސިއްހީ ދާއިރާއާ ގުޅޭ އުމްރާނީ ތަރައްގީއަށް އަލި އަޅުއްވާލައްވާފައެވެ. އެގޮތުން އަލި އަޅުއްވާލައްވައި ވިދާޅުވީ ވެކްސިން ރައްކާ ކުރާނެ މަރުކަޒެއް ހުޅުމާލޭގައި ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި އިތުރަށް މިނިސްޓަރު ވިދާޅުވީ ނޭޝަނަލް ހެލްތު ލެބޯޓްރީގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

"ނޭޝނަލް ހެލްތު ލެބޯޓްރީ އަކީ ރާއްޖެއަށް އެތެރެކުރެވޭ ކާބޯތަކެތި ޓެސްޓު ކުރުމާ، ރާއްޖެއިން ބޭރަށް ވިޔަފާރީގެ ގޮތުގައި ފޮނުވޭ މަހާއި މަހުގެ ބާވަތްތަކާއި އަދި އެހެނިހެންވެސް ތަކެތި ޓެސްޓުކޮށް އަދި ބޭހުގެ ޓެސްޓުތައް ހެދޭނެ. ރާއްޖޭގަ މިހާތަނަށް ނެތް ނޭޝަނަލް ހެލްތު ލެބޯޓްރީއެއް އަޅުގަނޑުމެން މި ވިސްނާފަ މިއިން މިންގަނޑުގައި ހިދުމަތްދެވޭ،"

ގީލާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އަތޮޅުތެރޭގައި ތިއްބަވާ ރައްޔިތުން މާލެއަށް ބަރޯސާވާ ބަރޯސާވުން ކުޑަކުރުމަށް އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންއަންނަ ކަމަށެވެ.  އެގޮތުން ގިނަ އަތޮޅުތަކެއްގައި އެމްއާރުއައި ގެ ހިދުމަތް ގާއިމް ކުރެވިފައިވާ ކަމަށާއި އަތޮޅުތެރޭގެ ގިނަ މަރުކަޒުތަކުގައި ސްކޭން ކުރުމުގެ އިންތިޒާމާއި، ސީޓީ ސްކޭން ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މާލޭ ސަރަހައްދުގައި ހުރި އޮރެންޖު ހިޔާގައި ހުރި ނުވަ އެނދުގެ ފެސިލިޓީ ތިރީސް އެނދުގެ ފެސިލިޓީ އަކަށް ބަދަލު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިހުރިހާ ކަމަކުން އާންމުންނަށް ވަރަށް ފައިދާ ކުރާނެ ކަމަށެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450