Ads by Ministry of Arts, Culture and Heritage

ޚަބަރު

މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ދިމާވާ ދަތިތައް ރައީސް ގާތުން ބައްލަވައި، ހައްލުކޮށްދެއްވަން މަސައްކަތް ކުރައްވާ: މިނިސްޓަރު ގީލާ

މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ދިމާވާ ދަތިތައް ރައީސް ގާތުން ބައްލަވައި، ހައްލުކޮށްދެއްވަން މަސައްކަތް ކުރައްވާ: މިނިސްޓަރު ގީލާ

މިނިސްޓަރު ގީލާ އަލީ/ ފޮޓޯ: މިނިސްޓްރީ

farudhun logo

ފަރުދުން

17 ނޮވެމްބަރު 2026، 01:53

17 ނޮވެމްބަރު 2026، 01:53

މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް، އަދުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބައްލަވައި އެ މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖއެވެ.

މިނިސްޓަރު ގީލާ މިހެން ވިދާޅުވީ އެމްއެމްޓީވީގެ އަރާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ގީލާ ވިދާޅުވީ އެ މިނިސްޓްރީގެ މަސައްކަތްތައް ރައީސް ވަރަށް ގާތުން ބައްލަވާ ކަމަށާއި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ވެސް މަސައްކަތްކޮށްދެއްވާ ކަމަށެވެ. އަދި އެއީ މަސައްކަތްތައް ކުރުމަށް ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށް ވެސް ވިދާޅުވިއެވެ.

"މިސާލަކަށް ބައެއް ސިއްހީ ހިދުމަތުގައި ބޭނުން ކުރަންޖެހޭ ވަރަށް ބޮޑެތި މެޝިނަރީސް ފަދަ ތަކެތި މިސާލަކަށް އެމްއާރުއައި ނޫނިއްޔާ ސީޓީ ސްކޭން ކަހަލަ ބައެއް ވަސީލަތްތައް ގާއިމް ކުރުމުގައި އެރަށެއްގައި ހުންނަ ތްރީފޭސް ކަރަންޓުގެ ހިދުމަތް ލިބިފައި ނުވުމާއެކު އެ ގާއިމް ކުރުމަށްޓަކާ ކުރަމްޖެހޭ މަސައްކަތަކާ ގުޅިފައި ހުރި ކަންކަން އެބަހުރި. ބައެއް ހިދުމަތްތައް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޓައިމްލައިންތަކުގައި ގާއިމް ކުރެވިގެން ނުދަނީ އެއާ ގުޅިފައިހުރި އެހެން ކަންތައްތައް ވެސް ކުރަން ޖެހޭތީ. އެއިން ކަމެއްގައި ވެސް ލަސްވުންތަކެއް ދިމާވަނީ ކޮން ސަބަބަކާއި އެކުގައިތޯ ބަލައި އެކަމެއް އެބަ ހައްލުކޮށްދެއްވާ."

 ގީލާ ވިދާޅުވިއެވެ.

ސީ އެމްބިއުލޭންސް ގެ ހިދުމަތަށް އަލިއަޅުއްވާލައްވައި ގީލާ ވިދާޅުވީ އެ ހިދުމަތަކީ ސިއްހީ ހިދުމަތުގެ ވަރަށް ބޮޑުބައި ކަމަށާއި ނަމަވެސް އެ ހިދުމަތަކީ ސީދާ އެ މިނިސްޓްރީ އިން ފޯރުކޮށްދޭ ހިދުމަތެއް ނޫންކަމަށެވެ. އެ ހިދުމަތް ފޯރުކޮށްދިނުމުގައި އެ މިނިސްޓްރީއާއެކު ވަރަށް ގާތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަސައްކަތް ކުރާ ކަން ފާހަގަ ކުރައްވައި ވިދާޅުވީ ސިއްހީ ދާއިރާ އަކީ އެހެން ގިނަ ވުޒާރާ ތަކަކާ އަދި އަމިއްލަ ފަރާތްތަކާ ވެސް ގުޅިފައިވާ ޝާމިލްވެގެން ދެވޭ ހިދުމަތަކަށް ވެގެންދާ ކަމަށެވެ. 

މީގެ އިތުރުން ގީލާ ތަކުރާރުކޮށް ވިދާޅުވީ މިފަދަ މަސައްކަތްތަކެއް ކުރަމުންދާއިރު އެ މަސައްކަތްތައް ވަރަށް ގާތުން ބައްލަވައި ދުވަހުން ދުވަހަށް އަދާހަމަ އައްސަވާ ކަމަށެވެ. އަދި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ވެސް މަސައްކަތްކޮށްދެއްވާ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450