Ads by Farudhun

ޚަބަރު

ކޯޓު ކޮމްޕްލެކްސް އިމާރާތުގެ ބިންގާ އަޅައިފި

ކޯޓު ކޮމްޕްލެކްސް އިމާރާތުގެ ބިންގާ އަޅައިފި

ފޮޓޯ: އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

17 ނޮވެމްބަރު 2026، 08:51

17 ނޮވެމްބަރު 2026، 08:51

ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި މި ކޮމްޕްލެކްސްގެ ބިންގާ އަޅައިދެއްވީ ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުލްގަނީ މުހައްމަދުއެވެ. އަދި މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރުގެ އަރިހުގައި އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް، ބަންޑާރަނައިބު އަލްއުސްތާޒު އަހްމަދު އުޝާމް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖީލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޒު ހުސްނީ މުބާރަކް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓާ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާރޑް) އަޙްމަދު ސަޢުދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ނިމުނު އަހަރުގެ ޖުލައި މަހު ސޮއިކޮށްފައިވާއިރު މި ކޮމްޕްލެކްސް އިމާރާތުގެ ބިންގާ އަޅާފައިވަނީ ނިމުނު އަހަރުގެ ނޮވެމްބަރު މަހުގައެވެ. 

މި މަޝްރޫއުގެ ދަށުން ކްރިމިނަލްކޯޓު ސިވިލް ކޯޓް، ފެމިލީ ކޯޓް، ޑްރަގް ކޯޓް، ޖުވެނައިލް ކޯޓް އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމަށް ބޭނުންވާ ޖާގަ ތަރައްގީކުރެވިގެންދާނެއެވެ. ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކާ އިންވެގެންވާ ސަރަޙައްދުގައި ތަރައްޤީކުރާ މި ކޮމްޕްލެކްސްގެ މަސައްކަތް 720 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ އިމާރާތެކެވެ.  މި ކޯޓު ކޮމްޕްލެކްސް ތަރައްޤީކުރެވިގެންދާނީ ޒަމާނީ އެންމެހައި ވަސީލަތްތަކާއެކު، ފަނޑިޔާރުންނާއި މުވައްޒަފުންގެ އިތުރުން، ކޯޓުތަކުގެ ޚިދުމަތް ހޯދާ އާންމު ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ އިންތިޒާމުތަކެއް ހިމެނޭގޮތަށެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450