Ads by Ministry of Arts, Culture and Heritage

ޚަބަރު

ތިލަފުށީ ޕޯޓު އަންނަ އަހަރުގެ ނޮވެމްބަރުގައި ހުޅުވަނީ: "މިއީ އިޤްތިޞާދީ ގޮތުން އެޅޭނެ އެންމެ މުހިންމު ފިޔަވަޅު"

ތިލަފުށީ ޕޯޓު އަންނަ އަހަރުގެ ނޮވެމްބަރުގައި ހުޅުވަނީ: "މިއީ އިޤްތިޞާދީ ގޮތުން އެޅޭނެ އެންމެ މުހިންމު ފިޔަވަޅު"

ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

17 ނޮވެމްބަރު 2026، 11:27

17 ނޮވެމްބަރު 2026، 11:27

ތިލަފުއްޓަށް ޕޯޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި އެ ޕޯޓު އަންނަ ނޮވެންބަރު މަހު ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތިލަފުއްޓަށް ޕޯޓު ބަދަލުކުރުމަކީ ސަރުކާރުން މިހާރު އެންމެ އިސްކަން ދެއްވާ އެއް މަސައްކަތް ކަމަށާއި މި ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމަކީ ވަރަށް ބޮޑު ފަސޭހަ އަކަށް ވާނެކަމަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށާއި، ތިލަފުށީ ޕޯޓަކީ މާލޭގެ ކުޑަ ޕޯޓަށް ވުރެ 6 ގުނަ ބޮޑު ސަރަހައްދެއް ކަމަށް ރައީސް ވިދާޅުވުއެވެ.

މާލޭގެ ތޮއްޖެހިފައިވާ ކުޑަ ޕޯޓުގެ ބަދަލުގައި އެއަށްވުރެ 6 ގުނަ ބޮޑު ތަނަކަށް ޕޯޓު ބަދަލު ކުރުމަކީ، ވަރަށް ބޮޑު ފަސޭހައަކަށް ވާނެކަމެއް. ތިލަފުށީ ޕޯޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި، އަންނަ އަހަރު ނޮވެމްބަރު މަހު އެ ޕޯޓު ހުޅުވާނެ .މީ 6 ގުނަ ބޮޑު ސަރަހައްދަކަށް ބޮޑުވީމަ ވިޔަފާރި ވަރަށް ބޮޑުތަން އިރާދަކުރެއްވިއްޔާ ކުރިއަރައިގެން ދަނީ. އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ.

ރައީސް ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވަޢުދުފުޅެކެވެ.  މި މަޝްރޫޢުގެ ދަށުން، އަލަށް ތަރައްޤީކުރާ ބަނދަރަށް ބޭނުންވާ އޮޕަރޭޝަނަލް، އެޑްމިނިސްޓްރޭޓިވް، ކާގޯ ހޭންޑްލިންގ، ވެއަރހައުސިންގ، ޔޫޓިލިޓީ، ސޭފްޓީ، ވެލްފެއާ އަދި ލޮޖިސްޓިކްސް ވަސީލަތްތައް ޤާއިމުކުރެވޭނެއެވެ. މީގެއިތުރުން މި ބަނދަރުގައި ޒަމާނީ ކޮންޓެއިނަރ ޓާމިނަލަކާއި، މަލްޓި-ޕާޕަސް ޓާމިނަލްތަކުގެ އިތުރުން، އަވަހަށް ހަލާކުވާ ފަދަ މުދާ ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖްތަކާއި ބޮންޑެޑް ވެއަރހައުސްތައް ހިމެނޭނެއެވެ. އަދި 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ދެވޭނެ ފުރިހަމަ ލޮޖިސްޓިކްސް ނިޒާމެއް މިތަނުގައި ޤާއިމުކުރެވިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450