ޚަބަރު
ވޭތުވެ ތިން އަހަރުގައި ތަފާތު އެކި ބިލުތައް ދެއްކުމަށް 25.13 ބިލިއަން ރުފިޔާ ވާނީ ދައްކާފައި: ރައީސް
ފޮޓޯ: ރައީސް އޮފީސް
ވޭތުވެ ތިން އަހަރުގައި ތަފާތު އެކި ބިލުތައް ދެއްކުމަށް 25.13 ބިލިއަން ރުފިޔާ ދައްކައި ހަލާސްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ޖަލްސާގައެވެ. މި ޖަލްސާގައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ނުދައްކައި ހުރި ބިލުތަކުގެ ތެރެއިން ތަފާތު އެކި ކުންފުނިތަކަށް ފައިސާ ދައްކައި ހަލާސްކޮށްފައިވާ ކަމަށާއި އެނޫންވެސް ބިލުތަކެއް ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ތަފާތު އެކި ބިލުތަކެއް ދައްކައި ހަލާސްކުރުމަށް ވޭތުވެ ދިޔަ ތިން އަހަރު ތަފާތު އެކި ބިލްތައް ދެއްކުމަށް ޖުމްލަ 25.13 ބިލިއަން ރުފިޔާގެ ޕޭމަންޓް ދައްކައި ހަލާސްކުރެވިފައިވާ ކަމަށެވެ. އެގޮތުން 2024-2025 ވަނަ އަހަރު އޭގެ ތެރެއިން ވީހާވެސް ގިނަ ބިލުތަކެއް ދެއްކުމަށް މަސައްކަތްކުރެއްވި ކަމަށާއި، މިދިޔަ ދެ އަހަރުގެ ތެރޭގައި 1.55 ބިލިއަން ރުފިޔާގެ ބިލުތައް އެކި ކުންފުނިތަކަށް ދައްކާ ޙަލާސްކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި ކަރަންސީ ސްވޮޕް އާ އެކު 1.45 ބިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި އަހަރު އެކަނި އަޅުގަނޑުމެން ދަރަނި ދައްކައިފިން، ކަރަންސީ ސްވޮޕާއެކީގައި 1.45 ބިލިއަން އެމެރިކާ ޑޮލަރު. 1.45 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައިފިން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި. އަދި އެ އަދަދަކީ މީގެ ކުރީގައި 10 އަހަރު ދެއްކި އަދަދަށްވުރެ 483 މިލިއަން ޑޮލަރު އިތުރު އަދަދެއް.
ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ މި ބިލުތައް ދެއްކުމަށްފަހުވެސް 2028 ވަނަ އަހަރުގެ ބަޖެޓް އަޅުގަނޑުމެންނާ 2023 ވަނަ އަހަރު ހަވާލުވި ވަރަށްވުރެ ވެސް ޑެބިޓް ޑެފިސިޓް ކުޑަކުރެވިގެންދާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށާއި ޑެބިޓް ޓު ޖީޑީޕީ ރޭޝިއޯ ކުޑަކުރި ސަބަބުން އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ވިދާޅުވީ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާ ކަމަށާއި މިއަހަރު ހާއްސަ އިސްކަމެއް ދެއްވީވެސް ދަރަނި ދެއްކުމަށް ކަމަށް ވިދާޅުވިއެވެ.