Ads by Farudhun

ޚަބަރު

2040 ގެ ރާއްޖެ: ރައީސް މުއިއްޒުގެ ތަސައްވުރު ކުރެހުމަކުން ހާމަކުރައްވައިފި

2040 ގެ ރާއްޖެ: ރައީސް މުއިއްޒުގެ ތަސައްވުރު ކުރެހުމަކުން ހާމަކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

18 ނޮވެމްބަރު 2026، 12:54

18 ނޮވެމްބަރު 2026، 12:54

2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ ގެންދިއުމަށް އަމާޒު ހިފާފައިވާ ތަސައްވުރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެހުމަކުން ހާމަކުރައްވައިފިއެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައީސް ހާމަކުރެއްވި ތަސައްވުރުގެ މައިގަނޑު އަސާސަކީ 2040 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ތަރައްޤީއާއި، ހަމަޖެހުމާއި، ރައްކާތެރިކަން ކަށަވަރުކުރުމެވެ. 

ރައީސް މުއިއްޒުގެ ތަސައްވުރުގައި މި ބިނާ ހިފަހައްޓާ މައިގަނޑު 8 ތަނބު ވަނީ ހިމަނުއްވާފައެވެ. އެއީ:

  • ފާގަތި ދިވެހިރާއްޖެ
  • ސިޔާދަތީ ދިވެހިރާއްޖެ
  • އުފެއްދުންތެރި ދިވެހިރާއްޖެ
  • ދުޅަހެޔޮ އަދި ހުނަރުވެރި ދިވެހިރާއްޖެ
  • އިތުބާރު ލިބިގެންވާ ދިވެހިރާއްޖެ
  • ގުޅިފައިވާ ދިވެހިރާއްޖެ
  • ވިލުންވެރި ދިވެހިރާއްޖެ
  • އެންމެން ޝާމިލުވާ ދިވެހިރާއްޖެ

މި ތަސައްވުރު ބިނާވެގެންވާ އިމާރާތެއްގެ ސިފައިގައި ކުރަހައި ދައްކަވަމުން، މުޅި ބިނާގެ ބިންގަލަކީ އިސްލާމީ ވަރުގަދަ އަޤީދާއާއި އުސޫލުތައް ކަމަށާއި، ފުރާޅަކީ އެންމެންގެ މެދުގައި އޮންނަ އިޙްތިރާމް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރެވެމުން ދަނީ މި އުސޫލުތަކާއި ތަނބުތަކުގެ މައްޗަށް ކަމަށާއި، ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ތަރައްޤީއާއި ފާގަތިކަން ގެނެވޭނީ މި އަމާޒަށް އެންމެން އެކުއެކީގައި މަސައްކަތް ކޮށްގެން ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450