ޚަބަރު
ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 93 މަޝްރޫއެއް އެމްޓީސީސީއިން ކާމިޔާބުކަމާއެކު ނިންމާލައިފި
އެމްޓީސީސީ ޓަވަރު/ ފޮޓޯ:ދަ ސްޓޭންޑަޑް މޯލްޑިވްސް
ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 93 މަޝްރޫއެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
Over the past three years, MTCC’s resilient workforce has driven national progress, completing 93 projects and advancing physical works on 356 projects. With active projects across every atoll and 149 islands, we continue to deliver on our commitment to building stronger communities and a more connected Maldives. #Hafthaa156 #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC
— MTCC Plc (@MTCCPlc) November 18, 2026
އެ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ތިން އަހަރު 93 މަޝްރޫއެއް ނިންމާފައިވާއިރު 356 މަޝްރޫއެއްގެ މަސައްކަތް ފަށާފައިވެއެވެ.
އެ ދުވަސްތަކުގައި އެމްޓިސީސީއިން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 19 މަޝްރޫއު، އައުޓްޑޯ ޖިމް ގެ 16 މަޝްރޫއެއް ހިމެނެއެވެ. ބަނދަރު ހެނދުމުގެ 14 މަޝްރޫއެއް ނިންމާފައިވާއިރު ފުޓްސަލް އަދި ފުޓްބޯޅަ ދަނޑުގެ 7 މަޝްރޫއު، ޕޮލިސް ޕޯސްޓު ގާއިމް ކުރުމުގެ 6 މަޝްރޫއު، އިމާރާތް ކުރުމުގެ 4 މަޝްރޫއުގެ އިތުރުން އެއާޕޯޓު ތަރައްގީ ކުރުމުގެ 4 މަޝްރޫއެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުން އެމްޓީސީސީއިން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތައް:
- ވޮލީ ކޯޓުތައް: 3 މަޝްރޫއު
- ޖެޓީ ތަރައްގީކުރުން: 2 މަޝްރޫއު
- ޕާކުތައް: 2 މަޝްރޫއު
- ސްކޫލް އަދި މަލްޓިޕަރޕަސް ހޯލް: 2 މަޝްރޫއު
- ބަނދަރު (ޕޯޓް) ތަރައްގީކުރުން: 1 މަޝްރޫއު
- ކޮންސަލްޓެންސީ މަސައްކަތް: 1 މަޝްރޫއު
- ސާވޭ މަސައްކަތް: 1 މަޝްރޫއު
އަދިވެސް އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 3 އަހަރުތެރޭގައި އިތުރު 356 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައި އަމަލީ ގޮތުން އެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށް ދެއެވެ. އަދި އެ މުއްދަތުގައި އެ ކުންފުނީގެ މަޝްރޫއުތައް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޯރާފައިވާއިރު ޖުމްލަ 149 ރަށެއްގައި އެ ކުންފުނީގެ އަމަލީ މަސައްކަތްތައް އަންނަނީ ހިނގަމުންނެވެ.