Ads by Farudhun

ޚަބަރު

ތުލުސްދޫ އެފްއާރުސީ: ރީއިންފޯސްމަންޓް މަސައްކަތްތައް ބާރަށް ކުރިއަށްދަނީ

ތުލުސްދޫ އެފްއާރުސީ: ރީއިންފޯސްމަންޓް މަސައްކަތްތައް ބާރަށް ކުރިއަށްދަނީ

ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

18 ނޮވެމްބަރު 2026، 01:50

18 ނޮވެމްބަރު 2026، 01:50

ކ. ތުލުސްދޫގައި ތަރައްގީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) މަޝްރޫއުގެ މިހާރު ކުރިއަށްދަނީ ރީއިންފޯސްމަންޓްގެ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީއިން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށް ދަނީ  ޓައި ބީމް ފޯމްވޯކާއި ރީއިންފޯސްމަންޓް މަސައްކަތްތަކެވެ.

ތުލުސްދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި ސެންޓަރުގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.



މި މަޝްރޫޢުގެ ދަށުން ތުލުސްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކޮށް ނިމޭއިރު، އެތަނުގައި ޒަމާނީ ވަސީލަތްތަކާއެކު އިންޑޯ ޖިމަކާއި، އެރޮބިކްސް ހެދުމަށް ޚާއްޞަ ސަރަޙައްދެއް ހިމެނޭނެއެވެ. މީގެއިތުރުން، އެކި ކަހަލަ ބޯޑު ގޭމުތަކާއި، އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ވެސް މި ސެންޓަރުގައި ފުރިހަމަކުރެވިގެންދާނެއެވެ.

ހަށިހެޔޮ، ދުޅަހެޔޮ އަދި ހަރަކާތްތެރި މުޖުތަމައުތަކެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މިފަދަ ވަސީލަތްތައް ގާއިމުކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. އެގޮތުން، ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އިމާރާތްކޮށް ނިންމައި، ރައްޔިތުންނަށް އެތަންތަނުގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450