ދުނިޔެ

އީރާނުގެ ހަމަލާއަކާއި ގުޅިގެން ބަހްރައިންގެ ސިނާއީ ސަރަހައްދެއްގައި އަލިފާން ރޯވެއްޖެ

އީރާނުގެ ހަމަލާއަކާއި ގުޅިގެން ބަހްރައިންގެ ސިނާއީ ސަރަހައްދެއްގައި އަލިފާން ރޯވެއްޖެ

ބަހްރެއިން. ފޮޓޯ: ރޮއިޓަރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

22 ނޮވެމްބަރު 2026، 10:25

22 ނޮވެމްބަރު 2026، 10:25

އީރާނުން ދިން ހަމަލާތަކެއް ދިފާޢުކުރަމުން ދަނިކޮށް، އޭގެ ތެރެއިން ހަމަލާއެއް ޢާންމުންގެ ޞިނާޢީ މަރުކަޒަކަށް އަރައި އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ބަޙްރައިނުން ބުނެފިއެވެ.

ހޮނިހިރު ދުވަހު މި ހާދިސާ ހިނގާފައި މިވަނީ، އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓް ޤާއިމުވެފައިވާ ބަޙްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާނެ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ސިނާއީ މަރުކަޒުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ސިވިލް ޑިފެންސް ޓީމުތަކުން ކުރަމުންދާ ކަމަށް އެ ގައުމުގެ ކަމާބެހޭ މިނިސްޓްރީން 'އެކްސް' ގައި ހާމަކުރި ނަމަވެސް، އެއީ ކޮން ސަރަހައްދެއް ކަމުގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ. 

ހާދިސާއާ ގުޅިގެން ބަހްރައިންގެ ދާޚިލީ ވުޒާރާއިން ވަނީ ރައްޔިތުން އެންމެ ކައިރީގައިވާ ރައްކާތެރި ތަނަކަށް ދިއުމަށް އިލްތިމާސްކޮށް އިންޒާރެއް ނެރެފައެވެ. ނަމަވެސް، ފަހުން ނުރައްކާ ފިލައިގޮސްފައިވާކަން އަންގައި ދެވަނަ އެލާޓެއް ވަނީ ފޮނުވާފައެވެ.

ބަހްރައިންގެ ޑިފެންސް ފޯސްއިން ބުނި ގޮތުގައި، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ އީރާނުން ވައިގެ މަގުން ދިން ގިނަ ހަމަލާތަކެއް ކާމިޔާބުކަމާއެކު ހުއްޓުވާފައެވެ. އަދި މި ހަމަލާތައް ހުއްޓުވުމުގެ ތެރޭގައި ވެއްޓުނު ބައިތަކުގެ ސަބަބުން ބައެއް ގެއްލުންތައް ލިބުނު ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަން ވަނީ ކަށަވަރުކޮށްދީފައެވެ.

މީގެއިތުރުން، އީރާނުން ދަނީ އެ ގައުމާ ދެކޮޅަށް "ރޭވިގެން ހިންގާ ދުޝްމަންކަމުގެ އުސޫލު" ދަމަހައްޓަމުން ކަމަށް ވެސް ބަހްރައިނުން ތުހުމަތުކުރެއެވެ.

އީރާނުގެ ދައުލަތުގެ ނިއުސް އޭޖެންސީ 'އިރްނާ' މެދުވެރިކޮށް ރިވޮލިއުޝަނަރީ ގާޑްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ފަރާތުގެ އެއިރޯސްޕޭސް ފޯސްއިން ބަހްރައިންގެ އަލްރިފާއު އަދި އަވާލީ ބޭސްގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އެ ހަމަލާތައް ދިނީ "ހުއްޓުމެއްނެތި ދެމުންދާ އުދުވާނާއި، އީރާނުގެ ވައިގެ ސަރަހައްދަށް ތަކުރާރުކޮށް އަރައިގަންނަމުންދާތީ އޭގެ ބަދަލުހިފުމުގެ ގޮތުން" ކަމަށް މި ބަޔާނުގައިވެއެވެ. 

މި ހާދިސާތަކަކީ ފެބްރުއަރީ މަހު އެމެރިކާ އަދި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށްފަހު މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ގޯސްވެގެން ދިޔަ ކަމުގެ ހެއްކެކެވެ. އޭގެ ފަހުން ގަލްފުގެ އަރަބި ގައުމުތައް މި ހަނގުރާމައިގެ ތެރެއަށް ވަދެފައިވާއިރު، އެ ސަރަހައްދުގެ އެކި ތަންތަނަށް އީރާނުން ދެމުންދާ ހަމަލާތައް ވަނީ ފަހަކަށް އައިސް ތަކުރާރުވާން ފަށާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450