ދުނިޔެ

އީރާން ހަނގުރާމައަށް އަންނަ ޖެނުއަރީގެ ނިޔަލަށް ފައިސާ ހަމަޖެހިފައިވޭ: ޓްރަމްޕް

އީރާން ހަނގުރާމައަށް އަންނަ ޖެނުއަރީގެ ނިޔަލަށް ފައިސާ ހަމަޖެހިފައިވޭ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ: ރޮއިޓަރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

25 ނޮވެމްބަރު 2026، 08:02

25 ނޮވެމްބަރު 2026، 08:02

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ފައިސާ ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. 

ނިއުޔޯކް ޕޯސްޓަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، ކޮންގްރެސްގެ ތެރެއިން އެ ހަނގުރާމަ ހުއްޓުވަން ޑިމޮކްރެޓުން މަސައްކަތް ކޮށްފިނަމަ، އެމެރިކާއަށް ލިބެން އޮތް "ފުރިހަމަ ކާމިޔާބީ"، ނާކާމިޔާބީއަކަށް ބަދަލުވެގެން ކަމަށެވެ.

ޓްރަމްޕް ބުނީ، ޖެނުއަރީ މަހު ކޮންގްރެސްގެ ކޮންޓްރޯލް ޑިމޮކްރެޓުންގެ އަތްމައްޗަށް ދިއުމާއެކު އަސްކަރީ ފިޔަވަޅުތައް އެޅުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ. ނަމަވެސް، މާ އަވަހަށް ހަނގުރާމަ ނިންމާލަން އިދިކޮޅު ފަރާތްތަކުން މަޖުބޫރު ނުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ފާހަގަކުރިއެވެ.

އީރާނުގެ އަސްކަރީ ގާބިލުކަން މިހާރު ވަރަށް ބޮޑަށް ނައްތާލެވިފައިވާ ކަމަށް ފާހަގަކުރަމުން ޓްރަމްޕް ބުނީ، އީރާނުގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ އިތުރުން ވައިގެ ދިފާއީ ނިޒާމުތަކާއި އިސް ވެރިން ވެސް ނައްތާލެވިފައިވާ ކަމަށެވެ. އަދި މި ހާލަތުގައި ޑިމޮކްރެޓުން ހަނގުރާމަ ހުއްޓުވަން އުޅެފިނަމަ އެއީ ލިބިފައިވާ މޮޅެއް ބައްޔަކަށް ބަދަލުކޮށްލުން ކަމަށް ސިފަކުރިއެވެ. އެމެރިކާއަށް މިހާރު ވެސް ބޭނުން ކޮންމެ ވަގުތެއްގައި މި ހަނގުރާމަ ކާމިޔާބީއާއެކު ނިންމާލުމުގެ ބާރު އެބައޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

ހަނގުރާމައިގެ ޚަރަދުތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން ޓްރަމްޕް ބުނީ، ކުރިއަށް އޮތް ޖެނުއަރީގެ ނިޔަލަށް ހަނގުރާމައިގެ ހުރިހާ ޚަރަދެއް ހަމަޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން، އީރާނުގެ ސަރުކާރު ނިމުމަކަށް ގެނައުމަށް އިސްރާއީލުން ގެންގުޅޭ އަމާޒަކީ ހާސިލުކުރެވިދާނެ ކަމެއް ކަމަށް ބުނި ނަމަވެސް، އެއީ އޭނާގެ އަމާޒެއް ނޫން ކަމަށް ޓްރަމްޕް ތަކުރާރުކުރިއެވެ. އޭނާގެ ހަމައެކަނި ޝަރުތަކީ އަދި ބޭނުމަކީ އީރާނުގެ އަތުގައި ނިއުކްލިއާ ހަތިޔާރެއް ނެތުން ކަމަށާއި، ވެރިކަން ބަދަލުކުރުމަށް ދުވަހަކުވެސް ތާއީދު ނުކުރާ ކަމަށް އޭނާ ބުންޏެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450