ދުނިޔެ

ހަމަލާތަކަށް ހުއްޓުމެއް ނެތް، ޝަހީދުންގެ ޢަދަދު 45،338 އަށް އަރައިފި

ހަމަލާތަކަށް ހުއްޓުމެއް ނެތް، ޝަހީދުންގެ ޢަދަދު 45،338 އަށް އަރައިފި

ޣައްޒާގައި ޝަހީދުންގެ މައްޗަށް ކަށުނަމާދު ކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޑިސެމްބަރު 2024، 07:39

24 ޑިސެމްބަރު 2024، 07:39

އިޒްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓަނުލާ ދެމުންދާއިރު ޣައްޒާއިން ޝަހީދުވި މީހުންގެ ޢަދަދު 45،338 އަކަށް އަރައިފިއެވެ.

7 އޮކްޓޯބަރު 2023ގައި އިޒްރާއިލުން ޣައްޒާއަށް ހަމަލާދޭން ފެށިފަހުން ޝަހީދުވެގެން ގޮސްފައިވާ މީހުންގެ ޢަދަދު 45،338 އަރައިފައިވާ ކަމަށް ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއާ ހަވާލާދީ އަލްޖަޒީރާގައި ވަނީ ބުނެފައެވެ. މީގެއިތުރުން އިޒްރާއިލްގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ ޢަދަދު 107،764 އަށް އަރައިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ކޮންމެ ދުވަހަކު ނެރޭ އަދާހަމަތަކުގެ އެންމެ ފަހުގެ ރިޕޯޓު ތަކުގައި ބުނެފައިވަނީ އިޒްރާއިލުން އެބައިމީހުންގެ ބާރުގެ ދަށަށް ގެންގޮސް ހަތިޔާރުތަކާއި އެކު ވަށާލައިފައިވާ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް ޝަހީދުވެފައިވާ 21 މީހެއްގެ ހަށިގަނޑާއި ޒަޚަމްވެގެން 51 މީހަކު ގެންގޮސްފައިވާ ކަމަށެވެ.

ފަލަސްޠީނުގެ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އިޒްރާއިލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން 12،820 ކިޔަވާ ކުއްޖަކު ޝަހީދުވެގެން ގޮސްފައިވާ ކަމަށެވެ. އަދި 21،351 ކުއްޖަކު ޒަޚަމްވެފައިވާ ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ. 

ޣައްޒާގެ ސިވިލް ޑިފެންސް އިން މިއަދު ބުނެފައިވަނީ ޣައްޒާ ސިޓީގެ މެދުތެރޭގައި ހުންނަ ސިޔާމް އާއިލާގެ ގެއަށް އަމާޒުކޮށްގެން އިޒްރާއީލު ސިފައިން ދިން ބޮމުގެ ހަމަލާއެއްގައި ހަތަރު ހަށިގަނޑެއް ހޯދައި ޒަޚަމްވި މީހުން ޢިމާރާތުގެ ގައުކުނޑިތަކުގެ ދަށުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން،ޣައްޒާގެ މެދުތެރޭގައި އޮންނަ ދެއިރް އަލް ބަލްޙް ސިޓީގެ އިރުމައްޗަށް އިޒްރާއީލުގެ އާޓިލަރީން ހަމަލާދިނުމުގެ ސަބަބުން ފަލަސްތީނުގެ މީހަކު ޝަހީދުވެ ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ހަމަމިއާއި އެކު ޣައްޒާގެ ދެކުނުގެ ރަފާޙް ސިޓީގެ އުތުރަށް ދިން ޑްރޯން ހަމަލާއެއްގައި ފަލަސްޠީނުގެ އިތުރު މީހަކު ޝަހީދުވެފައިވާކަމަށް އަލްޖަޒީރާގައި ވަނީ ބުނެފައެވެ.

 އިއްޔެ ހަވީރުން ފެށިގެން އިޒްރާއީލުގެ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކިހިސާބުތަކުން މަދުވެގެން ފަލަސްތީނުގެ 15 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަން އޮފް ޑިޓެއިންސް އެންޑް އެކްސް ޑިޓެއިންސް އެފެއާޒް އާއި ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީން ބުނެފައިވާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. 

 

 

 

 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS