ކުޅިވަރު

ބީއެމްއެލްގެ ސްކޮލަޝިޕަކާއެކު ހިމްނާގެ ތަމްރީނުތައް އަނެއްކާ ވެސް ޖެމެއިކާއަށް

ބީއެމްއެލްގެ ސްކޮލަޝިޕަކާއެކު ހިމްނާގެ ތަމްރީނުތައް އަނެއްކާ ވެސް ޖެމެއިކާއަށް

އައިޝަތު ހިމްނާ ހަސަން، ފޮޓޯ: ބީއެމްއެލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 ޑިސެމްބަރު 2024، 10:57

26 ޑިސެމްބަރު 2024، 10:57

ހުލާސާ

ހިމްނާ ވަނީ މި އަހަރުގެ އޮގަސްޓް މަހާ ހަމައަށް ކުރިޔަށްދިޔަ މޯލްޑިވްސް އޮލިޕިކްސް ކޮމިޓީން ދިން، ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕްގެ ދަށުން ވެސް ޖެމެއިކާގައި ތަމްރީނުތަކެއް ހަދާފައި.

އެތުލީޓުންގެ ހުނަރު ކުރިއެރުވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ ގުޅިގެން ހުޅުވާލި ފުރުސަތެއްގައި، ޖެމެއިކާ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރެއްގައި ތަމްރީނުތައް ހެދުމުގެ ފުރުސަތު ގައުމީ އެތުލެޓިކްސް ޓީމުގެ ތަރި، އައިޝަތު ހިމްނާ ހަސަންއަށް ލިބިއްޖެއެވެ. 

މި ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުރިހާ އެސޯސިއޭޝަންތަކަށް ހުޅުވާލިއިރު، އެތުލީޓުން ހޮވުމުގެ ކަންތައްތައް ކުރިޔަށް ގެންގޮސްފައިވަނީ އެމްއޯސީގެ ބެލުމުގެ ދަށުންނެވެ. 

މި ސްކޮލަރޝިޕްގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. އަދި މި ފުރުސަތުގެ ތެރެއިން ތަމްރީނުތައް ހެދުމަށް ހަމަޖެހިފައިވަނީ ޖެމެއިކާގެ ސްޕްރިންޓެކް ކްލަބާ އެކީގައެވެ. 

ހިމްނާ ވަނީ މީގެ ކުރިންވެސް، އެހެން ސްކޮލަރޝިޕެއްގެ ދަށުން ޖެމެއިކާގައި ތަމްރީނުތަކެއް ހަދާފައެވެ. އެއީ މި އަހަރުގެ އޮގަސްޓް މަހާ ހަމައަށް ކުރިޔަށްދިޔަ މޯލްޑިވްސް އޮލިޕިކްސް ކޮމިޓީން ދިން، ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕްގެ ދަށުންނެވެ. 

މި ފަހަކަށް އައިސް އެންމެ ރަގަޅު ކުރިއެރުމެއް ހޯދާފައިވާ އަންހެން ދުވުންތެރިއަކީ ހިމްނާއެވެ. ހިމްނާ ވަނީ 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި، ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލާފައެވެ. އެ ރެކޯޑަކީ 21 އަހަރު ވަންދެން ސަމްހާ އަހުމަދު ދަމަހައްޓަމުން އައި ރެކޯޑެކެވެ. 

ނަމަވެސް އެ ރެކޯޑު އަނެއްކާ ވެސް ވަނީ އައުކޮށްފައެވެ. އެންމެ ފަހުން އެ ރެކޮޑު އައުކުރީ މަރިޔަމް ރޫޔާ އަލީއެވެ. 

މި ލިޔުން ކިޔާލުމުން